އަންނަ ޖުލައި 1 އިން 10 އަށް މެލޭޝިޔާާގައި ބޭއްވާ އޭސީސީ 19 އަހަރުން ދަށުގެ ކްރިކެޓް މުބާރާތުގައި ބާއިވެރިވާ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމްގެ ސްކޮޑް އިއުލާންކޮށްފި އެވެ.

މެލޭޝިއާއަށްދާ 19 އަހަރުން ދަށުގެ ސްކޮޑް ކްރިކެޓް ބޯޑުން އިއުލާން ކުރިއިރު، ޓީމް ގައި ހިމެނެނީ ޖުމްލަ 12 ކުޅުންތެރިނެވެ. ޓީމްގެ ކެޕްޓަނެއްގެ ގޮތުގައި މުހައްމަދު އަކްރަމް ހޮވާފައިވާއިރު، ވައިސް ކެޕްޓަަނަކަށް ހަމަޖައްސާފައި ވަނީ އަހްމަދު އަމީލް މައުރޫފެވެ. ޓީމްގެ މެނޭޖަރެއްގެ ގޮތުގައި އިސްމާއިލް މާދިހް ހަމަޖެއްސިއިރު، ކޯޗަކަށް ހަމަޖެއްސީ އިމާދު އިސްމާއިލްއެވެ.

މި މުބާރާތަށް ދިވެހި ޓީމް މެލޭޝިޔާއަށް ދާއިރު، ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ނުކުންނާނީ ޖުލައި މަހުގެ ތިން ވަނަ ދުވަހު ބުރޫނާއީއާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ޖުލައި ހަތަރު ވަނަ ދުވަހު ސައުދިއެރޭބިއާއާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗް ކުޅޭނީ ޖުލައި މަހުގެ ހަ ވަނަ ދުވަހު ކުވެއިތާ ދެކޮޅަށެވެ.
މެލޭސިއާއަށް ދާ ރާއްޖެ ކުޅުންތެރިންގެ ސްކޮޑް:
1. ލީމް ޝަފީގް
2. އިސްމާއިލް އަލީ
3. ހަސަން ހާޒިގް ރަޝީދު
4. އަހުމަދު ޔާނިޝް އަބްދުއް ރަހީމް
5. މުހައްމަދު ޝަމީން
6. އިބްރާހިމް ނަޝާތު
7. މުހައްމަދު ސާފީ ސައީދު
8. މުހައްމަދު މަބްރޫކް ހަސަން
9. މުޙައްމަދު ރިޝްވާން
10. ހަންމާދު ޒަރީރު
11. މުޙައްމަދު މުއީޒް
12. އަހުމަދު ސަލްމާން ޒަކީ