23 Dec 2016, 14:00
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަދި އަނބިކަނބަލުން މިޝޭލް އޮބާމާ އާއްމުންގެ ތެރެއަށް ތައާރަފް ވެގެން އައީ އޮބާމާ ވެރިކަމަށް ވަޑައިގަތުމަށް 2007 ވަނަ އަހަރު ކުރެއްވި ކެމްޕެއިންގެ ތެރެއިންނެވެ.
ނަމަވެސް އޭގެ 20 އަހަރުކުރިން އޮބާމާ އާއި މިޝޭލް ވަނީ ބައްދަލުވެފައެވެ. އޮބާމާ އަދި މިޝޭލް ފުރަތަމަ ބައްދަލުވީ ޗިކާގޯގެ ލޯ ފާމެއް ކަމަށްވާ ސިޑްލީ އެންޑް އޮސްޓިން އިންނެވެ. އެ ލޯ ފާމުގައި އޮބާމާ މަސައްކަތްކުރަމުންދިޔައީ އެސޯސިއޭޓް އެޓާނީ އެއްގެ ގޮތުގައެވެ. އަދި މިޝޭލް އަކީ އޮބާމާ އާ ހަވާލުވެގެން ހުރި އެޑްވައިޒަރެވެ.
އޮބާމާއާއި މިޝޭލްގެ ގުޅުން ފެށުނީ މެންދުރުގެ ކެއުމަކުންނެވެ. އެއަށްފަހު ކޮމިއުނިޓީ އޯގަނައިޒޭޝަނެއްގައި މިޝޭލްގެ ހިތް އޮބާމާ އަތުލައި، ތިން އަހަރު އެކުގައި ލޯބިން އުޅުމަށްފަހު އޮބާމާ އަދި މިޝޭލް ކައިވެނިކުރެއްވީ 1992 ވަނަ އަހަރުއެވެ.
ވޭތުވެދިޔަ ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ ތެރޭގައި އޮބާމާގެ ދެކަނބަލުންނަކީ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ ދެބޭފުޅުންނެވެ. އޮބާމާ އަދި މިޝޭލް އެކުގައި ހޭދަކުރައްވާ ކޮންމެ ވަގުތު ކޮޅަކީ އެ ދެކަނބަލުންގެ ލޯބި ދުނިޔެއަށް ހާމަކޮށްދިން ހިދުކޮޅުތަކެކެވެ.
އެހެންކަމުން އޮބާމާގެ ދެކަނބަލުންގެ މުހިއްމު ބައެއް ވަގުތުކޮޅުތައް ހިއްސާކޮށްލާނަމެވެ.

އޮބާމާ އަދި މިޝޭލް ކައިވެނި ބައްލަވައިގަތުމުގެ ކުރިން، 1992 ވަނަ އަހަރު ކެންޔާގައި ނަގާފައިވާ ފޮޓޯއެއް --- ފޮޓޯ/ އޮބާމާ ފެމިލީ ފޮޓޯ
އޮބާމާ އަދި މިޝޭލްގެ ކައިވެނީގެ ފޮޓޯއެއް: އެ ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ އޮކްޓޯބަރު، 1992 ވަނަ އަަހަރު --- ފޮޓޯ/ ރޮއިޓާސް
ޑިސެމްބަރު 8، 2004: ޗިކާގޯގެ އެކޮނޮމިކް ކްލަބްގައި ކީނޯޓް އެޑްރެސްއެއް ދެއްވުމަށް ވަޑައިގަތުމުގެ ކުރިން ޗިކާގޯގައި ހުންނަ ގޭގައި ބަރަކް އަދި މިޝޭލް ރަސްމިއްޔާތަށް ތައްޔާރުވެވަޑައިގަންނަވަނީ --- ފޮޓޯ/ ގެޓީ އިމޭޖަސް
ނޮވެމްބަރު 2، 2004: އެމެރިކާގެ ސެނެޓް އިލެކްޝަން ކާމިޔާބު ކުރައްވައި ޗިކާގޯގައި ބޭއްވި ރަސްމިއްޔާތެއްގައި އޮބާމާ، އަންހެން ދަރިފުޅު މާލިއާ، 6، ގޮވައިގެން އަދި މިޝޭލް، އަންހެން ދަރިފުޅު ސާޝާ، 3، އާއެކު --- ފޮޓޯ/ އޭޕީ
އޮކްޓޯބަރު 17، 2008: ނިއު ޔޯކް ސިޓީގައި ބޭއްވި ކޮންސަޓެއް ބެއްލެވުމަށް އޮބާމާ އަދި މިޝޭލް އެކުގައި --- ފޮޓޯ/ އުރޯރާ ފޮޓޯސް
ޑިސެމްބަރު 9، 2008: ކޮލަމްބިއާގައި ބޭއްވި ކެމްޕެއިން ރެލީއެއްގައި ބަރަމް އަދި މިޝޭލް ވަގުތުކޮޅެއް ހޭދަކުރައްވާއިރު، ކެމްޕެއިން ރެލީގައި ބައިވެރިވެވަޑައިގަތް އޮޕްރާ ވިންފުރީ ކައިރީގައި --- ފޮޓޯ/ އޭޕީ
އޮގަސްޓް 28، 2008: ޑެންވާގައި ބޭއްވި ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަންގައި ވާހަކަފުޅުދެއްކެވުމަށްފަހު އޮބާމާ އަދި މިޝޭލް އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލައްވަނީ --- ފޮޓޯ/ އޭޕީ
ޖެނުއަރީ 20، 2009: ވޮޝިންގްޓަން ޑީސީގައި ހުންނަ އޮނޯގުރަލް ބޯލްއެއްގެ ލިފްޓެއްގައި އޮބާމާ އަދި މިޝޭލް ވަގުތުކޮޅެއް ހޭދަކުރައްވާއިރު ސެކިއުރިޓީ އޮފިޝަލުން ފަހަތުގައި --- ފޮޓޯ/ ވައިޓް ހައުސް
މާޗް 20، 2009: ރިސެޕްޝަނެއްގައި ބައިވެރިވެވަޑައިގަންނަވަން ދިއުމުގެ ކުރިން ވައިޓް ހައުސްގެ ރެޑް ރޫމްގައި މިޝޭލްއާއެކު އޮބާމާ ވަގުތުކޮޅެއް ހޭދަކުރައްވަނީ --- ފޮޓޯ/
އޯގަސްޓް 15، 2010: ސްޓޭޓް އެންޑިރުސް ބޭގައި އޮބާމާ އަދި މިޝޭލް ދަތުރުކުރި ބޯޓް ޓުއާއެއްގައި ބޯޓުގެ އޮބާމާގެ އަތް މަތީގައި މިޝޭލް އަތް --- ފޮޓޯ/ ދަ ވައިޓް ހައުސް
ފެބްރުއަރީ 21، 2010: ވައިޓް ހައުސްގެ އީސްޓް ރޫމްގައި ބޭއްވި ގަވަނާސް ބޯލްގައި އޮބާމާ އަދި މިޝޭލް އެކުގައި ނަށަނީ --- ފޮޓޯ/ ވައިޓް ހައުސް
ޖުލައި، 4، 2010: ނެޝަނަލް މޯލް މަތީ ހަވާ އަރުވާތަން ބެލުމަށް އޮބާމާ އަދި މިޝޭލް ވައިޓް ހައުސް ފުރާޅުމަތީގައި --- ފޮޓޯ/ ވައިޓް ހައުސް
ޖޫން، 14، 2012: އޮބާމާއަށް މަރުހަބާ ވިދާޅުވުމަށް މިޝޭލް ޖޯން އެފް ކެނެޑީ އިންޓަނޭޝަން އެއާޕޯޓުގައި --- ފޮޓޯ/ ދަ ވައިޓް ހައުސް
ޖެނުއަރީ 21، 2013: ވޮޝިންގްޓަންގައި ބޭއްވި ރަސްމީ އިނޯގުރަލް ބޯލްގައި އޮބާމާ އަދި މިޝޭލް އެކުގައި ނަށާއިރު އެންމެންގެ ފޯނުތައް އެ ދެކަނބަލުންނަށް އަމާޒުވެފައި --- ފޮޓޯ/ ޒިންހުއާ
ސެޕްޓެމްބަރު 27، 2014: ވޮޝިންގްޓަންގައި ބޭއްވި ރަސްމިއްޔާތެއްގައި އޮބާމާ ވާހަކަފުޅުދައްކަވާއިރު، އޮބާމާ ދައްކާ ވާހަކަފުޅު އަޑުއެއްސެވުމަށް ބެކްސްޓޭޖުގައި މިޝޭލް ގިނިކަންޔާ --- ފޮޓޯ/ ވައިޓް ހައުސް
މާޗް 20، 2016: ކިއުބާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އޮބާމާގެ ދެކަނބަލުން މޮޓޯކޭޑާ ހިސާބަށް އެކުގައި ހިނގާލާފައި ދަނީ --- ފޮޓޯ/ ދި ވައިޓް ހައުސް
މޭ 13، 2016: ވައިޓް ހައުސްގައި ބޭއްވި ފަރިއްކޮޅަކަށް ވަޑައިގަންނަވާ މެހެމާނުންނަށް މަރުހަބާ ވިދާޅުވުމަށް އޮބާމާ އިންތިޒާރުގައި ހުންނަވަނިކޮށް މިޝޭލް އޮބާމާގެ ދަތްދޮޅީގައި ހިފާލަނީ --- ފޮޓޯ/ އޭޕީ