ލަވަ ކިޔުންތެރިޔާ އީމް ނިޒާމް އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

އީމް އެ ހަރަކާތް ކުރިއަށް ގެންދިޔައީ "އޭން އީވްނިން ވިތު އީމް ނިޒާމް" ނަމުގަ އެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔައީ މިއަދު ހަވީރު ފޭދޫ ކުޑަކުދިންގެ ޕާކުގަ އެވެ.

ތަފާތު ކުޅިވަރުތަކާއި ފޭސް ޕެއިންޓިންގެ ހަރަކާތްތަކާއެކު ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރުގައި ފުލުހުންގެ ވެހިކަލްތަކާއެކު ފޮޓޯ ނަގާލުމުގެ ފުރުސަތު ކުޑަކުދިން ހުޅުވާލި އެވެ.

އީމް ވިދާޅުވީ އެ ހަރަކާތުގައި 200 އެއްހާ މީހުން ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވުނު ނަމަވެސް އެ އަދަދަށް ވުރެ ދެ ގުނަ އިތުރަށް މީހުން އެ ހަރަކާތުގައި ބައިވެރިވި ކަމަށެވެ. އެގޮތުން 400 އެއްހާ މީހުން އެ ހަވީރުގައި ބައިވެރިވި ކަމަށް އީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫގެ ރައްޔިތުންނަށް މިއަދު ބޭއްވި ހަރަކާތަށް ވުރެ ބޮޑު އަދި މަޖާ ހަރަކާތްތަކެއް މުސްތަގުބަލުގައި ބާއްވަވާނެ ކަމަށެވެ.

އީމްގެ ކުޑަކުދިންގެ ހަވީރު ކާމިޔާބު ކަމާއެކު ނިންމާލެވުމުން އޭނާ ވަނީ އެ ހަރަކާތަށް އެއްބާރުލުން ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން އިވެންޓް އިންތިޒާމް ކުރުމުގައި އެހީތެރިވެ ދެއްވި ސަން ފައުންޑޭޝަނާއި އެވެންސް މޯލްޑިވްސް ކުންފުނީގެ ހުސެއިން ޝުހައިޒް އަށާއި ހަރަކާތް ކޯ ސްޕޮންސަރ ގުރޭންޑް އެމްޕުރެސް އަދި ބްރިލިއަންޓް ޓްރޭޑިން އާއި މާލޭ ބިއުޓީ ސެލޫންގެ ނަން އީމް ފާހަގަކުރެއްވި އެވެ.

އީމް އިންތިޒާމު ކުރެއްވި ހަރަކާތް ކުރިއަށްގެން ދިއުމަށް އެހީތެރިކަން ފޯރުކޮށްދިން އައްޑޫ ސިޓީގެ ފުލުހުންނަށާއި ޖޭސީއައި އައްޑޫގެ އިތުރުން އެކި ގޮތްގޮތުން އެހީތެރިވެދެއްވި ވޮލަންޓިއަރުންނަށާއި ސްޕޮންސަރުންނަށް ވެސް އީމް ވަނީ ޝުކުރު އަދާ އަދާކުރައްވާފައެވެ.

އީމް ވިދާޅުވީ ކުޑަކުދިންނާއި ބޮޑެތި މީހުން އުފާވާނެ މިފަދަ ހަރާކާތްތައް ބޭއްވުމުގައި އެންމެން އެކަތިގަނޑަށްވެ، އިސްނެގުމަށެވެ.