ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ކުއީން ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގެ ފަހު ޖާގަ ކުއީން ސްޕޯޓްސް ކްލަބުން ހޯދީ ރޭ ކުޅުނު ފައިނަލުގައި ސްޕޯޓްސް ކްލަބު ދިރުން ބަލިކޮށްގެންނެވެ.

ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ސެމީގައި ސްޕޯޓްސް ކްލަބު ދިރުން އަތުން ކުއީން ސްޕޯޓްސް ކްލަބު މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ކުއީން ސްޕޯޓްސް ކްލަބުން ގެންދިޔައީ 25-13، 28-26 އަދި 25-10 އިންނެވެ.

މާދަމާ ހަވީރު ކުޅޭ އަންހެން ޑިވިޝަންގެ ފައިނަލުގައި ކުއީން ސްޕޯޓްސް ކްލަބު ނުކުންނަން ޖެހޭނީ ލީގު ބުރުގެ އެއްވަނަ ހޯދި ޕޮލިސް ކްލަބާ ދެކޮޅަށެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ ޖުމްލަ ހަތަރު ޓީމެކެވެ. އެއީ ޕޮލިސް ކްލަބާއި ކުއީން ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބު ދިރުން އަދި މާތޮޑާ ސްޕޯޓްސް ކްލަބެވެ.