ނިއު ދިއްލީ (ޑިސެމްބަރު 21): އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ޓާޓާ ގްރޫޕުގެ ޗެއާމަންކަމުން ވަކި ކުރި ސައިރަސް މިސްޓްރީ އެމައްސަލަ ކޯޓަށް ހުށަހަޅައިފި އެވެ.

އިންޑިއާގެ ބޮޑެތި ކުންފުނިތަކާ ބެހޭ މައްސަލަތައް ބަލާ ނެޝަނަލް ކޮމްޕެނީސް ލޯ ޓްރައިބިއުނަލް (އެންސީއެލްޓީ)އަށް ސައިރަސް މައްސަލަ ހުށަހެޅީ ޓާޓާގެ ސަބްސިޑަރީ ކުންފުނިތަކުން އިސްތިއުފާ ދެއްވުމަށް ފަހުގަ އެވެ.

ޓާޓާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެކުންފުނިން މިހާރު ދަނީ މައްސަލައާ ގުޅިގެން ކުންފުނީގެ ވަކީލުންނާ ވާހަކަ ދައްކަމުންނެވެ.

މިދިޔަ އޮކްޓޯބަރު މަހު ސައިރަސް މަގާމުން ވަކި ކުރި ފަހުން އެކުންފުނީގެ ވަގުތީ ޗެއާމަން ރަތަން ޓާޓާއަށް ފާޑު ވިދާޅުވެފައިވާ މިސްޓްރީ ވިދާޅުވި ގޮތުގައި އޭނާ އުޅުއްވަނީ ވަޒީފާގެ ބޭނުމުގަ އެއް ނޫނެވެ. ނަމަވެސް އެއީ ޓާޓާއަށް ދެން އައްޔަން ކުރާ ޗެއާމަން އައްޔަން ކުރާނީ ދެފުށްފެންނަ މަރުހަލާއަކުން ޔަގީން ކުރުމަށްޓަކަ އެވެ.

އަންނަ މާޗް މަހުގެ ކުރިން ޓާޓާ ސަންސްއަށް އާޗެއާމަންއެއް އައްޔަން ކުރުމަށް އެކުލަވާލާފައިވާ ޕެނަލްގައި ހިމެނެނީ ރަތަން ޓާޓާ އާއި އެ ކުންފުނީގެ އެހެން ހަތަރު ލީޑަރެކެވެ.

ޓާޓާގެ ޗެއާމަން ކަމުން ސައިރަސް ވަކިކުރީ އެއްވެސް ސަބަބެއް ނާންގަ އެވެ. އެހެން ނަމަވެސް ސައިރަސް ޓާޓާ ކުންފުނީގެ ބޯޑު މެމްބަރުންނަށް އެކި ކަހަލަ ތުހުމަތުތައް ކޮށް، ޓާޓާގެ ބޯޑަށް ފޮނުވި ސިޓީއެއް ލީކުވި މައްސަލަ ބޮޑުވެ، ޓާޓާއިން ވަނީ ބަޔާނެއް ނެރެ، މަގާމުން ވަކިކުރީ ބޯޑަށް އިތުބާރު ގެއްލިގެން ކަމަށް ބުނެފަ އެވެ.

ސައިރަސް އެ ކުންފުންޏަށް ފޮނުވި ސިޓީއެއްގައި ބުނި ގޮތުގައި ވަގުތީ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ރަތަން ޓާޓާ ވަނީ، ސައިރަސްގެ ޗެއާމަންކަމުގެ ދައުރުގައި އޭނާގެ ނިންމުންތަކަށް ެވެ.

އެހެން ނަމަވެސް ޓާޓާގެ ބޯޑުން ނެރުނު ބަޔާނުގައި ބުނީ، ކަންކަން ނިންމުމުގައި ޗެއާމަނަށް ފުރިހަމަ ބާރާއި ، މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. (ރޮއިޓާސް)