21 Dec 2016, 11:00
ނިމިގެން ދިޔަ ސްޓާޑަސްޓް އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުންގެ އެވޯޑު އަމީތާބް ބައްޗަން އަދި އަނުޝްކާ ޝަރްމާ އަށް ލިބިއްޖެ އެވެ.
އަމީތާބް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ގެންދިޔައީ ފިލްމު 'ޕިންކް'ގައި އޭނާ އަދާކޮށްފައިވާ، ލޯޔަރު ދީޕަކް ސޭގަލްގެ ރޯލުންނެވެ. އަނުޝްކާ އެންމެ މޮޅު އެކްޓްރެސްގެ އެވޯޑު ގެންދިޔައީ 'ސުލްތާން' އަދި 'އޭ ދިލް ހޭ މުޝްކިލް'ގައި އޭނާ އަދާކޮށްފައިވާ ދެ ރޯލުންނެވެ.
އަނިރުދާ ރޯއީ ޗޯދުރީގެ ފިލްމު 'ޕިންކް' އާ ވާދަކޮށް އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދީ އަލީ އައްބާސް ޒަފަރުގެ ފިލްމު 'ސުލްތާން' އެވެ. އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ހާސިލް ކުރީ ފިލްމު 'އޭ ދިލް ހޭ މުޝްކިލް' އިން ކަރަން ޖޯހަރު އެވެ.
އެވޯޑު ހަފްލާގައި އެންމެ ގިނަ އެވޯޑުތައް ގެންގޮސްފައި ވަނީ ނީރްޖާ، އޭ ދިލް ހޭ މުޝްކިލް، ސުލްތާން އަދި ކަޕޫރް އެންޑް ސަންސް އެވެ.
ޕްރިޔަންކާ ޗޯޕްޅާ އަށް އަހަރުގެ ގްލޯބަލް އައިކަންގެ އެވޯޑު ލިބުނު އިރު، ލައިފް ޓައިމް އެޗީވްމަންޓް އެވޯޑު ލިބުނީ ރޭކާ އަށެވެ.
އެވޯޑު ހާސިލް ކުރި ފަރާތްތައް:
އެންމެ މޮޅު ފިލްމް: ސުލްތާން
އެންމެ މޮޅު އެކްޓަރު: އަމީތާބް ބައްޗަން (ޕިންކް)
އެންމެ މޮޅު އެކްޓްރެސް: އަނުޝްކާ ޝަރްމާ (ސުލްތާން، އޭ ދިލް ހޭ މުޝްކިލް)
އެޑިޓަރސް ޗޮއިސް ބެސްޓް އެކްޓްރެސް: ސޯނަމް ކަޕޫރު (ނީރްޖާ)
އެޑިޓަރސް ޗޮއިސް ބެސްޓް އެކްޓަރ: ޝާހު ރުކް ޚާން (ފޭން)
އައިކޯނިކް ޕަފޯމަންސް އޮފް ދަ އިޔަރ: އައިޝްވާރްޔާ ރާއި ބައްޗަން (ސަރްބްޖީތު)
ގްލޯބަލް އައިކަން އޮފް ދަ އިޔަރ: ޕްރިޔަންކާ ޗޯޕްޅާ
ލައިފްޓައިމް އެޗީވްމަންޓް އެވޯޑު: ރޭކާ
ބެސްޓް ސުޕަސްޓަރ ނެކްސްޓް ޖެނެރޭޝަން: ވަރުން ދަވާން (ދިޝޫމް)
ބެސްޓް އެކްޓަރ އިން އަ ނެގެޓިވް ރޯލް: ޖިމް ސާރަބް (ނީރްޖާ)
ބެސްޓް ސަޕޯޓިންގ އެކްޓަރު: ރިޝީ ކަޕޫރު (ކަޕޫރް އެންޑް ސަންސް)
ބެސްޓް ސަޕޯޓިންގ އެކްޓްރެސް: ޝަބާނާ އަޒްމީ (ނީރްޖާ)
ބެސްޓް ޑެބިއު: ހަރްޝްވަރްދަން ކަޕޫރު، ސިޔާމީ ޚޭރް (މިރްޒިޔާ)، ދިޝާ ޕަޓާނީ (އެމްއެސް ދޯނީ: އޭން އަންޓޯލްޑް ސްޓޯރީ)
ބެސްޓް މިޔުޒިކް ޑައިރެކްޓަރ: ޕްރިތަމް (އޭ ދިލް ހެ މުޝްކިލް)
ބެސްޓް ލިރިސިސްޓް: އަމީތާބް ބަޓަޗާރިޔާ (ޗަންނާ މޭރެޔާ: އޭ ދިލް ހޭ މުޝްކިލް)
ބެސްޓް ޕްލޭބެކް ސިންގަރ: އަރިޖީތު ސިންގ (ޗަންނާ މޭރެޔާ: އޭ ދިލް ހޭ މުޝްކިލް)
ޕާތު-ބްރޭކިންގ ޑައިރެކްޝަން: އަޖޭ ދޭވްގަން (ޝިވާއޭ)