20 Dec 2016, 16:42
މި ފެށޭ އާ އަހަރާ ދިމާކޮށް، ހޮންޑާ ސައިކަލު ގަންނަ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓެޑް އޮފާއެއް ތައާރަފުކޮށްފިއެވެ.
ހޮންޑާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއަކީ ޝީޝާއެވެ.
ހޮންޑާ މޯލްޑިވްސް (ޝީޝާ)އިން މައުލޫމާތު ދޭ ގޮތުގައި، މި ޚާއްސަ އޮފާގެ ދަށުން، ސައިކަލަށް ފައިސާ ދައްކަވާ ފަރާތްތަކަށް 3،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
ޝީޝާއިން ބުނީ މި ޑިސްކައުންޓް، މޯލްޑިވްސް އިސްލާމިކް ބޭންކާއި މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ (އެމްއެފްއެލްސީ)ގެ ދަށުން ފައިސާ ދައްކާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ޝީޝާގެ އިންސްޓޯލްމެންޓް ޕްލޭންތަކުގެ ދަށުން ފައިސާ ދައްކާ ފަރާތްތަކަށް މި ޑިސްކައުންޓް އޮފާއެއް ނުލިބެއެވެ.
ޝީޝާއިން މައުލޫމާތު ދޭ ގޮތުގައި މާލެ އަދި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީގައި ހުންނަ ހޮންޑާ ޝޯރޫމްތަކުން މި ޑިސްކައުންޓް އޮފާ ލިބޭނެއެވެ.