20 Dec 2016, 15:32
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނައިބުު ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު ހައްސާން ހަމީދު ހަމަޖައްސަވައިފިއެވެ.
ހައްސާން ނައިބު ރައީސް ކަމަށް ހަމަޖައްސާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މާނިއު މުހައްމަދު އެ ކޮމިޝަންގެެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ފަރުހާދު ވަނީ މަގާމުން ވަކިކޮށްފައެވެ. މިހާރު އޭނާ އަކީ އެ ކޮމިޝަންގެ މެމްބަރެކެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުލުހުންނާއި އިމިގްރޭޝަން އޮފިސަރުންނާއި ކަސްޓަމްސް އޮފިސަރުން ގާނޫނާއި ގަވާއިދާ ޚިލާފަށް ކުރާ ކަންތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ މިނިވަން ކޮމިޝަނެކެވެ. އެ ތިން މުއައްސަސާގެ ޔުނިފޯމްލީ މުވައްޒަފުން ކުރާ ޖިނާއީ ކުށްތައް ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު ލިބިގެންވާ ކޮމިޝަނެކެވެ.