މާލޭގެ ބާޒާރުގައި ސްޓޯބެރީ ތިޔާގިވެ މީގެކުރިން ވިއްކާ އަގަށްވުރެ އަގު ހެޔޮ ވެއްޖެ އެވެ.

ވިޔަފާރިވެރީގެ ޖަމިއްޔާއަށް ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ މާރުކޭޓުގައި، 14 ވަރަކަށް ސްޓޯބެރީ ހުންނަ ފޮޓެއް ވިއްކަނީ 20 ރުފިޔާ އަށެވެ. އެއީ މީގެކުރިން 40 ނުވަތަ 50 ރުފިޔާއަށް ވިއްކަން ހުންނަ ފޮށި ކަމަށް މާރުކޭޓުން ވާހަކަދައްކާލި މީހަކު ބުންޏެވެ.

މާލޭގެ ބާޒާރުގައި ސްޓޯބެރީ ތިޔާގިވެ މީގެކުރިން ވިއްކާ އަގަށްވުރެ އަގު ހެޔޮ --- ސަންފޮޓޯ ފަޔާޒު މޫސާ

މީގެކުރިން މާރުކޭޓުންނާއި އާދައިގެ ފިހާރަތަކުން އާންމުކޮށް ސްޓޯބެރީ ލިބޭކަށް ނުހުރެ އެވެ. އެހެން ނަމަވެސް މިހާރު މާރުކޭޓުގައި އެންމެ ގިނަ އެއްޗަކީ ސްޓޯބެރީ އެވެ. މާރުކޭޓުގެ ބައެއް ގޮޅިތަކުން ބުނީ ސްޓޯބެރީ ގެންނަނީ މިސްރުން ކަމަށެވެ.

ބޭރުގެ ބައެއް ނޫސްތަކުގައިވެސް ފާހަގަކޮށްފައިވާގޮތުން މިއީ މިސްރުގައި ސްޓޯބެރީގެ މޫސުމެކެވެ. ޔޫރަޕާއި އޭޝިއާގެ ގިނަ ގައުމުތަކުގެ މާރުކޭޓުގައިވެސް މިދުވަސްވަރު އެންމެ ގިނައީ މިސްރު ސްޓޯބެރީކަން ފާހަގަކޮށްފައިވެ އެވެ.

މާލޭގެ ބާޒާރުގައި ސްޓޯބެރީ ތިޔާގިވެ މީގެކުރިން ވިއްކާ އަގަށްވުރެ އަގު ހެޔޮ --- ސަންފޮޓޯ ފަޔާޒު މޫސާ

މާލޭގެ ދަތުރުވެރީންގެ މާރުކޭޓުގައި ސްޓޯބެރީ ފޮއްޓެއް ވިއްކަނީ 25 ރުފިޔާ އާއި 30 ރުފިޔާ އާއި ދެމެދުގެ އަގަކަށެވެ. މާރުކޭޓު ގޮޅިތަކުގައި ތިބޭ ބައެއް ވިޔަފާރިވެރީން ބުނީ މީގެކުރިން ކޮންމެ ދުވަހަކު ސްޓޯބެރީ ނުލިބޭ ކަމަށެވެ.

ނަމަވެސް މިހާރު ކޮންމެ ދުވަހަކުވެސް ތާޒާ ސްޓޯބެރީ ލިބުމާއި، އަގުހެޔޮކޮށް ލިބޭތީ ސްޓޯބެރީ އަގުހެޔޮވީ އެވެ. ސްޓޯބެރީ ތިޔާގިވުމާއެކު ގަންނަ މީހުންގެ އަދަދުވެސް ގިނަވެއްޖެއެވެ.