ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

މަޖިލީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އަމީންއާންމުގެ އެހީތެރިޔާގެ މަގާމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އައްޔަން ކުރައްވާފައިވާ ދެ ބޭފުޅުންނަކީ މަޖިިލިހުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި މުހައްމަދު ރަޝީދާއި ހެޑް އޮފް ފޮރިން ރިލޭޝަންސްގެ މަގާމުގައި ހުންނެވި އަބްދުލް ހަމީދު ޒަކަރިއްޔާ ކަމަށެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ރަޝީދަކީ އަހުމަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އެވެ. އަދި އޭނާ އަކީ މަޖިލީހުގެ އިދާރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ހަމީދު ޒަކަރިއްޔާ އަކީ ޚާރިޖީ ދާއިރާ އާއި އަދި އެ ނޫން ވެސް ބައެއް މިނިސްޓަރީތަކުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.