10 May 2010, 05:31
10:00
ފަތާ ސަރަހައްދު ޓްރެކަށް މޫދަށް އެރި އުޅެނިކޮށް އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖަކު ރޭ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ކުއްޖަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ރޭ ގާތްގަނޑަކަށް 10:30 ހާއިރު ފުލުހުން އެ ސަރަހައްދަށް ގޮސް އެމްބިއުލާންސްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށާއި ގެނބިގެން މަރުވި ކުއްޖަކީ ހ. ރޮޒެންޑޭލް ޝަހުބާން ސޮފްރަތް ކަމަށެވެ.
އެ ކުއްޖާ މޫދުން ނަގާފައި ވަނީ އެވަގުތު އެ ސަރަހައްދުގައި އުޅުނު ދެ މީހުންވެގެން ކަމަށާއި އަދި އެކުއްޖާ ސަލާމަތްކުރަން އުޅުނު އިތުރު ކުއްޖެއްގެ ހާލުވެސް ދެރަވުމާ ގުޅިގެން އައި.ޖީ.އެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.