އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ސިނާން އަލީ ހަމަޖައްސަވައިފި އެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަހު ސިނާން ހުންނެވީ އެމްޓީސީސީގެ ބޯޑު މެމްބަރު ކަމުގެ މަގާމުގަ އެވެ.

އެމްޓީސީސީގެ ބޯޑު މެމްބަރު ކަމުން ވަކި ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ، އައިލެންޑް އޭވިއޭޝަންގެ ބޯޑަށް ސިނާން އައްޔަންކުރައްވާފައި ވަނީ އިއްޔެ އެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ސިނާން އަކީ ސަން މީޑިއާ ގްރޫޕުގެ ސީއީއޯއެވެ.