ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 44 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައި ވަނީ ކޯޓުއަމުރެއްގެ ދަށުން މިމަހުގެ 15 ވަނަ ދުވަހު ތ. މަޑިފުށިން ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އެ ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 14 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ މައްސަލަ ތ. ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.