ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް އަދި ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމަށް ކުރީގެ ޕްލޭނިން މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދު އަދި ޖަރުމަނުގެ ސަފީރު ކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު ޖަމީލާ އަލީ ޚާލިދު ހަމަޖައްސަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފައެވެ.

މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މުންދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެމްބަރުންގެ އިއްތިފާގުން ނެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހަމްދޫން ސަފީރު ކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

ެއެދުވަހު ބޭއްވި ޖަލްސާގައި ސަފީރު ކަމަށް ޖަމީލާ އައްޔަން ކުރަން ފާސްވެފައި ވަނީ ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.