ސަތޭކަ ނަސީބުވެރިއަކަށް މައުންޓައިން ބައިސްކަލު ލިބޭ، ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މައިލޯ އާއި ބައިކް މޯލްޑިވްސް ގުޅިގެން ފަށައިފިއެވެ.

ނެސްލޭ ލަންކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ޑިޝާން ވިޖަޔަވަރްދަނަ "ސަން" އަށް ވިދާޅުވީ، އެ ޕްރޮމޯޝަންއަކީ މި ފެށޭ 2017 ވަނަ އަހަރުގެ ފެބްރުއަރީ 15 އާ ހަމައަށް ކުރިޔަށް ދާ ޕްރޮމޯޝަނެއް ކަމަށެވެ.

"މަމް، މީ އެންޑް މައި މައިލޯ"ގެ ނަމުގައި ހިންގާ އެ ޕްރޮމޯޝާނުގައި ހަދަން ޖެހޭ ގޮތަކީ، މަންމައިން ދަރީންނާ އެކު، މައިލޯ ޕެކެޓެއް ހިފައިގެން ފޮޓޯއެއް ނަގައި، އެ ފޮޓޯބައިކް މޯލްޑިވްސްގެ ފޭސްބުކް ޕޭޖަށް، ނުވަތަ މައިލޯ މޯލްޑިވްސްގެ ނަމްބަރު ‎7320620 އަށް ވައިބާ މެދުވެރިކޮށް ފޮނުވުމެވެ.

ޑިޝާން ވިދާޅުވީ، ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި، ބައިސްކަލު ލިބޭ ބައެއް ފަރާތްތައް ގުރުއަތުން ހޮވާނެ ކަމަށެވެ.

އަދި ފެބްރުއަރީ މަހުގެ ތެރޭގައި، ގުރުއަތު ނެގުމުގެ ބޮޑު ހަފްލާއެއް ބާއްވާނެ ކަމަށާއި، ބައިސްކަލު ލިބޭ ފަރާތްތަކަށް އެ ހަފްލާގައި ބައިސްކަލު ހަވާލު ކުރާނެ ކަމަށެވެ.

ޑިޝާން ވިދާޅުވީ، ބައިސްކަލުތައް ހަވާލު ކުރުމަށްފަހު، ފެބްރުއަރީ މަހުގެ ފަހުކޮޅު، ބައިކް މޯލްޑިވްސްއާ ގުޅިގެން ހުޅުމާލޭގައި ވަރަށް ބޮޑު ބައިސްކަލު ބުރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގުރުއަތުން ހޮވޭ ފަރާތްތަކަށް ދޭ ބައިސްކަލެއް އާންމުންނަށް ދައްކާލަން ބަހައްޓާފައި ހުންނާނެ ސޯސަން މަގު އަގޯރާގައި. ކުރިޔަށް އޮތް ތަނުގައި މާލޭގެ އެހެނިހެން ތަންތަނުގައި ވެސް ބަހައްޓާނަން ބައިސްކަލުތައް ޑިސްޕްލޭ ކޮށްފައި،" ޑިޝާން ވިދާޅުވިއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އުމުރުން އަށް އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނާއި، އެ ކުދިންގެ މައިންނަށެވެ.