18 Dec 2016, 16:29
އދ. ދަނގެތީގައި ތޫނު އެއްޗަކުން ހަމަލާދީ ދެ ބިދޭސީން ޒަހަމްކޮށްލި މައްސަލާގައި، ހައްޔަރު ކުރި ދެ ދިވެހިންގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.
އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ އެ ދެމީހުންގެ ބަންދަށް އދ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 30 އަހަރާއި 50 އަހަރުގެ ބަނގުލަދޭޝްގެ ދެ މީހުންނަށެވެ.
ދެ މީހުންނަށް ވެސް ދަނގެތީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ އިރު، 30 އަހަރުގެ މީހާގެ ކޮލަށާއި ދެ ކޮޑަށް ޒަހަމްތަކެއް ލިބިފައިވާއިރު 50 އަހަރުގެ މީހާގެ ބޮޮލަށާއި އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް ދެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.