19 Jun 2011, 14:49
އުތުރު ސަރަޙައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް، ޅ. ނައިފަރު ނިކަގަސްދޮށުގޭ ގާސިމް އަބްދުލްކަރީމް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ގާސިމް އަބްދުލްކަރީމަކީ ލޯކަލް އިންތިހާބްގެ ކުރިން ޅ. އަތޮޅު އަތޮޅު ކައުންސިލަރަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.