31 Dec 2016, 09:29
ނިމިގެންމިދާ އަހަރަކީ ރާއްޖޭގެ އިގްތިސާދީ އަދި އުމްރާނީ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނުވި އަހަރެކެވެ. އެގޮތުން ނިމިގެން މިދާ 2016 ވަނަ އަހަރަކީ، ރާއްޖޭގައި އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުތައް ފެށިގެން ކުރިއަށްދާ އަހަރަކަށް ވާނެ އެވެ. ހަމަ އެހެންމެ މިދެންނެވި މަޝްރޫއުތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުން ތަރައްގީގެ ކުލަވަރުތައް ފާޅުވަމުން ދަނީ އެވެ. ޚާއްސަކޮށް ރާއްޖޭގެ މޫނުމަތި ކަމަށްވާ މާލެ ސަރަހައްދު އެއްކޮ ނަލަވެ ޒީނަތްތެރިވަމުން ދަނީ އެވެ. އެހެންކަމުން 2016 ވަނަ އަހަރުގެ ތެރޭގައި ހިންގާފައިވާ އަޅުގަނޑުމެންގެ އިގްތިޞާދާ ގުޅުންހުރި ބައެއް ކަންކަމަށް ބަލައިލަމާހެއްޔެވެ.
ގޮންޖެހުންތަކަކާ އެކު ނަމަވެސް، ދިވެހި ސަރުކާރުން ހިތްވަރުގަދަ ކުރުމަށް ފަހު ވަނީ އިގްތިސާދީ ގޮތުން ވެސް މީގެ ކުރިން އަޅާފައި ނުވާ ފަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި، އިންވެސްޓާ ކޮންފިޑެންސް ދެމެހެއްޓުމަށް ވަރުގަދަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކޮށްފައިވެ އެވެ.
މާލީ އިދާރާ
ރާއްޖޭގެ މާލީ ދާއިރާއާއި އިގްތިސާދަށް ބަލާއިރު، މި އަހަރު އެންމެ ފާހަގަކޮށްލެވެނީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ތައާރަފުކުރި އާ ފައިސާ ނޫޓު ސީރީޒް، ގެ ނޫޓުތައް މިއަހަރުގައި ބޭނުންކުރަން ފެށުމެވެ. "ރަން ދިހަ ފަހެއް"ގެ 10 ރުފިޔާ، 20 ރުފިޔާ، 50 ރުފިޔާ، 100 ރުފިޔާ، 500 ރުފިޔާ އަދި ު ބޭނުންކުރެ އެވެ. ނަމަވެސް މީގެ ކުރިން ބޭނުންކުރަމުން އައި ފަސް ރުފިޔާގެ ނޫޓު އަދިވެސް ދެމި އެބަ އޮތެވެ. އެ ނޫން ހުރިހާ ފައިސާ ނޫޓެއް މިއަހަރުގެ ތެރޭގައި ވާ އިރު، ވަރަށް އަވަހަށް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

26 ޖަނަވަރީ 2016: ރައީސުލްޖުމްހޫރިއްޔާ، ރަން ދިހަފަހެއް ނޫޓް ސީރީޒް ދައުރުކުރުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުން. ރާއްޖޭގެ އާ ނޫޓް ސީރީޒްގައި ހިމެނެނި 10 ރުފިޔާއާއި، 20 ރުފިޔާއާއި، 50 ރުފިޔާއާއި، 100 ރުފިޔާއާއި، 500 ރުފިޔާއާއި، 1000 ރުފިޔާ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ޑޮލަރު ލިބުމުގެ ދަތިކަން އިތުރުވެފައި ވާތީ، މަރުކަޒީ ބޭންކުން އެކަން ހައްލުކުރުމަށް ޚާއްސަ ފިޔަވަޅެއް އެޅި އެވެ. އެގޮތުން، 2017ގެ ކުރީކޮޅާ ހަމައަށް، ރާއްޖެ އިން ބޭރަށް ދާ ދިވެހީންނަށް ޑޮލަރު ވިއްކުމުގެ ކަންކަމާ ސީދާ އެމްއެމްއޭ އިން ހަވާލުވެ، އެކަން ކުރުމުގެ މަސައްކަތް ފެށި އެވެ.
ފިސްކަލް ޕޮލިސީޒް
މި އަހަރުގެ ތެރޭގައި ސަރުކާރުން ވަނީ ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، އާމްދަނީ ބޮޑުކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން، ޒަމާނުއްސުރެ ރާއްޖޭގައި ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީ ކަނޑާލައި، ގޮތް ހަމަޖެއްސި އެވެ. އަދި އާމްދަނީ އިތުރުކުރުމުގެ ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ބޭރަށް ފޮނުވާ ފައިސާއިން އަކާއި، ގްރީން ޓެކްސް ދެއްކުމުން އިސްތިސްނާ ކޮށްފައި ހުރި، ރާއްޖޭގައި ހިންގާ ނަގަން ފެށި އެވެ.
ބޭންކިންގް/ފައިނޭންޝަލް ސެކްޓާ
ދެހާސް ސޯޅަވަނަ އަހަރަކީ ރާއްޖޭގައި މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަމިއްލަ ގިނަ ފަރާތްތަކުން ވެސް އިސްނެގި އަހަރެކެވެ. ސްރީލަންކާގެ ކޮމާޝަލް ބޭންކް އޮފް ސިލޯނާ ގުޅިގެން ޓްރީޓޮޕް އިންވެސްޓްމެންޓުން ރާއްޖޭގައި ހިންގާ "ް" މިއަހަރު ތެރޭގައި އިފްތިތާހު ކުރެވުނު އިރު، ސޮލަރެލް އިންޝުއަރެންސް އަދި ގެ ނަމުގައި، ދިވެހީން ހިއްސާވާ ދެ އިންޝުއަރެންސް ކުންފުނިން ވެސް ވަނީ ޚިދުމަތް ދޭން ފަށައިފަ އެވެ.

ސެޕްޓެމްބަރ 26، 2016: ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ރައީސް އޮފީސް

އުރީދޫ މޯލްޑިވްސް ޕލކއަށް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރި ކަމުގެ ލިޔުން ހަވާލުކުރުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
ދެހާސް ސޯޅަވަނަ އަހަރު ޖުމްލަ ތިން ކުންފުންޏަކުން ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ކުންފުނި ލިސްޓުކޮށްފައިވެ އެވެ. އެއީ ، އަދި އެވެ.
ވިޔަފާރިއާއި އިންވެސްޓްމެންޓްސް
ބޭރުގެ އިންވެސްޓަރުން ގައުމަކާ ގަޔާވާނީ، އެގައުމެއްގެ ކްރެޑިޓު ރޭޓިންގްއަށް ބަލާފައެވެ. އެމެރިކާގެ މޫޑީޒްއިން ރާއްޖޭގެ އިވެލުއޭޝަން ހެދުމަށް ފަހު ދީފައިވަނީ އެކެވެ. މިއީ ދަށް ރޭޓިންގްއެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ ނަމަވެސް، ސަރުކާރުން ބުނަނީ ފުރަތަމަ ރޭޓިންގްއަކަށް މިއީ ރަނގަޅު މިންކުރުމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި އެފަދަ ރޭޓިންގްއެއް ހަދާފައި ނެތުމުން ރާއްޖޭގެ އިންވެސްޓްމެންޓް މާހައުލާ މެދު ޔަގީންކަމެއް ނެތް ކަމަށް ބުނެ، ބައެއް އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓުކުރުމަށް ފަސްޖެހޭ ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ރޭޓިންގް ހެދުމުން މިހާރު އިންވެސްޓަރުންގެ އިތުބާރު ބޮޑުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ރާއްޖޭގެ ވިދާޅުވަނީ އެހެނެވެ.
ޑިސެމްބަރު 7، 2016: ގްރޭޓާ މާލެ ސަރަހައްދާއި ވ. އަތޮޅާއި އަރިއަތޮޅުގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އާއި އެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވޯލްޑް ބޭންކުން ނެރޭ ޑުއިންގް ބިޒްނަސް އިންޑެކްސް، ނުވަތަ ވިޔަފާރި ކުރުމަށް އެންމެ ފަސޭހަ ގައުމުތަކުގެ އިންޑެކްސްގައި، މިދިޔަ އަހަރަށް ވުރެ މިއަހަރު ބައެއް ކަންކަން ކުރިއަރާފައި ނުވާތީ، އެހެން ގައުމުތަކުން ވަނީ ރާއްޖެ އޯވަޓޭކްކޮށް، އިންޑެކްސްގައި ދަށަށް ޖައްސާލައިފައެވެ. އެހެން ނަމަވެސް ސަރުކާރުން މިއަހަރު ވަނީ، ކުދި ވިޔަފާރިތަކަށާއި ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމުކުރުމަށް ފިޔަވަޅުތައް އަޅާފަ އެވެ.
އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ބޭންކަކުން ީ ދޭން ނިންމާފައިވާ އިރު، ކުދި ވިޔަފާރިތަކާ ގާތުން މަސައްކަތް ކުރުމަށްޓަކައި، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި ބިޒްނަސް ސެންޓަރުތަކެއް އުފައްދައިގެން އެތަންތަނުގެ މަސައްކަތްތައް ދަނީ ކުރިޔަށެވެ.
ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތައް އަންގައިދިނުމަށް 2014 އިން ފެށިގެން ބޭރު ގައުމުތަކުގައި ބާއްވަމުން އަންނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް 2016 ވަނަ އަހަރު ވެސް ބޭއްވި އެވެ. މި ފޯރަމް އޮތީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.
މާލެ ހުޅުމާލެއާ ގުޅުވައިދޭ ބްރިޖު
ރާއްޖޭގައި މިވަގުތު ހިންގާ އެންމެ ބިޔަ އެއް މަޝްރޫޢަކީ މާލެއާއި ހުޅުލެއާ ގުޅުވައިދޭ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތެވެ. މިއަހަރު ނިމިގެން މި ދަނީ، ޗައިނާ ސަރުކާރުގެ ބޮޑު އެހީއެއްގެ ދަށުން ހިންގާ މި މަސައްކަތުގައި ހިމެނޭ މެއިން ބްރިޖުގެ ފަސް ތަނބުގައި ޖުމްލަ ގައެވެ.
ޖުލައި 17، 2016: ޗައިނާ މޯލްޑިވްސް ފުރެއިންޑްޝިޕް، ބުރިޖުގެ މަސައްކަތްތައް ދިވެހި ނޫސް ވެރިންނަށް ދައްކާލުން--- ސަންފޮޓޯ/ފަޔާޒު މޫސާ
ބުރިޖް--- ފޮޓޯ: މުހައްމަދު އަފްރާހް
މާލޭ އެއާޕޯޓާއި ޖީއެމްއާރު
ބްރިޖުން މާލެއާ ގުޅުވައިލެވޭ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ހުންނަ ހުޅުލޭގައި ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންދެ އެވެ. އިބްރާހިމް ނާސިރު އިންޓަނޭޝާނަލް އެއާޕޯޓުގެ އާ، ބައިނަލްއަގުވާމީ ޓާމިނަލް އެޅުމުގެ މަސައްކަތް، ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި ކަމުގައިވާ މި އަހަރުގެ ތެރޭގައި ވަނީ ހަވާލުކުރެވިފަ އެވެ. އެއާޕޯޓު ހިންގާ އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި، އެ ޓާމިނަލްގެ މަސައްކަތް މުޅިން ނިންމާލެވޭނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ އިންޓަނޭޝަނަލް ޕަސެންޖާ ޓާމިނަލްގެ މަޝްރޫއު ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރަނީ -- ސަން ފޮޓޯ: މުހައްމަދު އަފްރާހް
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އެއްވަރުކުރުމުގެ މަސައްކަތް ނިމިފައިވާ އިރު، އާ ރަންވޭ އެޅުމަށް ބިންހިއްކުމުގެ މަސައްކަތް، ޗައިނާގެ ބެއިޖިންގް އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ)އިން ބާރަށް ކުރިޔަށް ގެންދެ އެވެ. އާ ރަންވޭ އެޅުމަށް ހުޅުލޭގެ އުތުރުން، ހުޅުމާލެއާ ދިމާލަށް 62 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މަސައްކަތް ހަލުއިކުރުމަށްޓަކައި ވަނީ ރާއްޖެ ގެނެސްފަ އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއު ހިނގަމުންދާ ގޮތް ނޫސްވެރިންނަށް ދައްކާލުން: އެއާޕޯޓުގެ ރަންވޭ އެޅުމަށް ހުޅުލޭގައި ހިއްކަމުންދާ ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު، އިންޑިއާގެ ޖީއެމްއާރު ގްރޫޕަށް ކުއްޔަށް ދިން އެގްރިމެންޓު 2012 ވަނަ އަހަރު ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން އުވާލުމާ އެކު، ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓެއްގައި އެމައްސަލަ ހިންގި އިރު، މިއަހަރުގެ ތެރޭގައި ވަނީ، ގާތްގަނޑަކަށް 271 މިލިޔަން ޑޮލަރު ދެއްކުމަށް ހުކުމް ކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ވަނީ އެ އެވެ.
އައްޑޫ އެއާޕޯޓު
މިއަހަރަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މުހިންމު އަހަރެކެވެ. އައްޑޫ ސިޓީގެ ގަން އިންޓަނޭޝާނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން އައްޑޫ ގަމުގެ ބިން ހިއްކައި، އެ އެއާޕޯޓުގެ ރަންވޭ ވަނީ އެވެ. އަދި ފުރަތަމަ ފަހަރަށް، ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ފަށައިފަ އެވެ. މިކަމުގެ ނަފާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދަނީ ްނެވެ.
ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު
ޓޫރިޒަމް
ފަތުރުވެރިކަމުގެ ދާއިރާއަކީ އަބަދުވެސް ދިވެހި އިގްތިސާދުގެ ރަންބިސްއަޅާ ކުކުޅެވެ. މިއަހަރުގެ ތެރޭގައި ރާއްޖޭގައި 10 އަށް ވުރެ ގިނަ ރިސޯޓު ރާއްޖޭގައި ހުޅުވާފައިވެ އެވެ.
ފަތުރުވެރިކަމުގައި މިއަހަރަކީ ރާއްޖެއަށް ކާމިޔާބު އަހަރެކެވެ. އެކިއެކި ގައުމުތަކުން ދޭ، ބައިނަލްއަގުވާމީ އެކިއެކި އެވޯޑުތައް ދިވެހިރާއްޖެއަށާއި ރާއްޖޭގައި ހިންގާ ހޮޓެލްތަކާއި ރިސޯޓުތަކަށް ލިބުނު އިރު، ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑްސް 2016ގައި ރާއްޖެއަށް ވަނީ ދުނިޔޭގެ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަން، ސްޕާ ޑެސްޓިނޭޝަން އަދި ބީޗު ޑެސްޓިނޭޝަންގެ އެވެ.

މިފަހަރުގެ ވޯލްޑް ޓްރަވެލް އެވޯޑްސްގައި ރާއްޖެއަށް ވަނީ އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަންގެ އެވޯޑާއި، ދުނިޔޭގެ އެންމެ މަގުބޫލު ސްޕާ ޑެސްޓިނޭޝަންގެ އެވޯޑާއި ދުނިޔޭގެ އެންމެ މަގުބޫލު ބީޗް ޑެސްޓިނޭޝަން އެވޯޑް ލިބިފައި -- ފޮޓޯ: ވިޒިޓް މޯލްދިވްސް
ރާއްޖޭން މިއަހަރަށް ކަނޑައަޅައިފައިވާ ފަތުރުވެރިންގެ ޓާގެޓަކީ 1.4 މިލިޔަނެވެ. އޭގެ ތެރެއިން ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު ރާއްޖެ އައިސްފަ އެވެ.
2016 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިޔަންވަނަ ފަތުރުވެރިޔާ -- ސަން ފައިލް ފޮޓޯ
މިފްކޯ އެސްޓީއޯގެ ދަށަށް
މަސް ވިއްކުމުގެ ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނި، މިފްކޯގެ ދަރަނި ބޮޑުވެ، މާލީ ބޮޑު ގެއްލުންތަކަކާ ކުރިމަތިލާން ޖެހެމުން ދާތީ މިއަހަރުގެ ތެރޭގައި ނިންމި އެވެ. އެގޮތުން، އެސްޓީއޯގެ 99.99 ޕަސަންޓު ހިއްސާ އަދި އެސްޓީއޯގެ ސަބްސިޑަރީ، އެލައިޑް އިންޝުއަރެންސްގެ 0.01 ޕަސަންޓު ހިއްސާއާ އެކު މިފްކޯ ވަނީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިއަހަރު ރެޖިސްޓްރީކޮށްފަ އެވެ. އަދި މިފްކޯ އިން ް ދައްކާ ނިންމާފައިވެ އެވެ.