ފެނުގެ ޑިސްޓްރިބިއުޝަން ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރުމަށް މަޖީދީމަގުގެ ބޮޑުބަޔަކުން ފެން ކަނޑާލަން ނިންމާފައިވާކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

ސަރުކާރުގެ ފެން ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް މާދަމާ ރޭ 10:00ން ހެނދުނު 6:00 އާ ހަމައަށް ފެނުގެ ހިދުމަތް މެދު ކެނޑިގެންދާނޭ ކަމަށެވެ.

ފެން ކަނޑާލަން ނިންމާފައިވަނީ ރުވާ މަގާއި މަޖީދީ މަގާ ގުޅޭ ސަރަހައްދުން ފެށިގެން ޗާންދަނީ މަގާއި މަގީދީ މަގު ގުޅޭ ކަންމައްޗާ ހަމައަށް، މަޖީދީމަގަށް ވާގޮތަށް ހުރި 14 ބުލޮކެއްގެ ގެތަކުންނެވެ.

ފެން ކެނޑިގެންދާނެ ބުލޮކްތަކަކީ 195, 196, 197, 198, 228, 229, 230, 241, 258, 259, 263, 254, 265, 275 އެވެ.

ފެން ކެނޑިގެންދާނެ ބުލޮކްތައް ފެންނަ ފޮޓޯއެއް ---