އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ބޭއްވި 14 ވަނަ ވޮލީބޯޅަ މުބާރާތުގެ ޕްރިމިއާ ޑިވިޝަންގެ ޗެމްޕިއަންކަން މެރިންކޯ އަދި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބޭންޑް އެންޑް މިޔުޒިކު ވިންގު ހޯދައިފި އެވެ.

ޕްރިމިއާ ޑިވިޝަންގެ ޗެމްޕިއަންކަން މެރިންކޯ ހޯދާފައި ވަނީ ވާދަވެރި ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްއާ ދެކޮޅަށް ކުޅެ ތިން ސެޓް ދެސެޓުން މޮޅުވެގެންނެވެ. އަދި ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބޭންޑް އެންޑް މިޔުޒިކު ވިންގު ހޯދާފައި ވަނީ ނޮދަން އޭރިޔާއާ ދެކޮޅަށް ކުޅެ ތިން ސެޓް ދެސެޓުން މޮޅުވެގެންނެވެ.

މިމުބާރާތުގެ ވަނަވަނަ އަށް އާ ފަރާތްތަކަށް އިނާމުދިނުމުގެ ގޮތުން އިއްޔެރޭ ކުޅިވަރު އެކުވެނީގެ އައުޓްޑޯ ކޯޓުގައި ބޭއްވި ރަސްމިއްޔާތް ޝަރަފުވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑެލި ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑާ ބްރިގޭޑިއާ ޖެނެރަލް އަޙުމަދު މުޙައްމަދެވެ. މިމުބާރާތުގެ ޕްރިމިއާ ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް މެރިންކޯ ޓީމުގެ ޖޯޒީ ނަންބަރު 6 ޕްރައިވެޓް ހުޞެއިން ޝާހިދު ހޮވުނުއިރު ދެވަނަ ޑިވިޜަންގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ބޭންޑް އެންޑް މިޔުޒިކު ވިންގުގެ ޖޯޒީ ނަންބަރު 9 އަދުނާނު އަބްދުލް ޙަމީދެވެ.
މީގެ އިތުރުން މިމުބާރާތުގެ ދެޑިވިޜަން ވަކިވަކިން ވަނީ އެންމެ މޮޅު ޑިގާ ބްލޮކާ، ޑިފެންޑާ، ލިބަރޯ، ސްޕައިކާ އަދި ސެޓާ ހޮވައިފަ އެވެ. މިމުބާރާތަށް ހާއްޞަ އެހީތެރިކަމެއް ވެދެއްވި ފަރާތްތައް ފާހަގަކޮށް އެފަރާތްތަކަށް ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ލެފްޓިނެންޓް ކާނަލް މުޙައްމަދު ޒިޔާދެވެ.

މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިއްޔެ ރޭގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގައި މުޅިއެކު 52 މެޗު ކުޅެފައިވާ އިރު މިމުބާރާތުގެ ޕްރިމިއާ ޑިވިޜަންގައި ހަތް ޓީމު އަދި ދެވނަ ޑިވިރަންގައި 11 ޓީމު ވަނީ ވާދަކޮށްފަ އެވެ.