15 Dec 2016, 14:38
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ސައިގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ ސުޕަމާޓުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދުނިޔޭގެ ސައިގެ ދުވަސް ނުވަތަ އިންޓަނޭޝަނަލް ޓީ ޑޭ ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެސްޓީއޯ ސުޕަމާޓުން ރާއްޖެއަށް އިމްޕޯޓުކުރާ ސްރީލަންކާގެ ބާންސް އެންޑް ވޮޓްސަން (ބީ އެންޑް ޑަބްލިއު) ބްރޭންޑުގެ ސައިފަތުގެ ވައްތަރުތަކުން، 100 ރުފިޔާއަށް ވުރެ މަތީގެ ކޮންމެ ވިޔަފާރިއަކަށް، ބާންސް އެންޑް ވޮޓްސަންގެ ލޯގޯ ޖެހި މަގާއި ޖޯޑު ފަދަ އިނާމު ލިބޭނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.
އެސްޓީއޯއިން ބުނީ، މިއަދުން ފެށިގެން، މި ޕްރޮމޯޝަން އެސްޓީއޯ ސުޕަމާޓުގައި ކުރިޔަށް ދާނެ ކަމަށެވެ.
ސަޔަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޯ އެއް ބުއިމެވެ.