ގ. ޒުވާނުންގެ މަރުކަޒުކައިރީ ހުންނަ ކުރީގެ ކުނިގޮނޑުގެ ފާރެއް ވެއްޓި ތިން ކާރަކަށް ގެއްލުންވެއްޖެ އެވެ.

ހިރިގަލުން ރާނާފައި ހުރި އެ ފާރު ވެއްޓުނު އިރު އެސަރަހައްދުގައި ޕާކުކޮށްފައި އޮތް އަމިއްލަ މީހެއްގެ ދެ ކާރަކަށާއި ޓެކްސީ އަކަށް ވަނީ ވަރަށް ބޮޑަށް ގެންލުންވެފަ އެވެ. ބައެއް ކާރުތަކުގެ ބިއްލޫރި ގަނޑު ތަޅައިގެންގޮސްފައިވާ އިރު ކާރުގަނޑަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވެ އެވެ.

ފާރުވެއްޓި ގެއްލުން ލިބުނު ބައެއް ކާރުތައް -- ސަން ފޮޓޯ// މުހައްމަދު އަފްރާހް

އެފާރު ވެއްޓެއް މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ ފާރު ވެއްޓިގެން މިއަދު 10 ޖަހާ އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިހާރު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.

ކުރިން ކުނިގޮޑެއްގެ ގޮތުގައި ބޭނުންކުރި އެކޮށި މިހާރު އެއްވެސް ކަމަކަށް ބޭނުމެއް ނުކުރެ އެވެ.

އެތެރޭގައި ފާރުގެ މައްޗާ ޖެހެންދެން ވެލި އަޅާފައި ހުންނައިރު ބައެއް މީހުން ބުނާ ގޮތުން ވެލިގަނޑުގެ ބަރު ފާރަށް ލިބި، ފާރު ވެއްޓެން މެދުވެރިވީ ކަމަށްވުން އެކަށީގެންވެ އެވެ.