ވެލިއަންޓް ސްޕޯޓްސް ކްލަބް ކޮޅަށް 36 ގޯލު ޖަހައިގެން ރަސްމީ ފުޓްބޯޅަ މެޗެއްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރާއްޖޭގެ ރިކޯޑް ވީކޭ ސްޕޯޓްސް ކްލަބުން ގާއުމްކޮށްފިއެވެ.

ވީކޭ ސްޕޯޓްސް ކްލަބުން އެ ރިކޯޑް ހެދީ އިއްޔެ ހަވީރު ޓާފް ދަނޑުގައި ކުޅުނު ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު މެޗެއްގައެވެ.

މީގެ ކުރިން ރާއްޖޭގައި އެންމެ ގިނަ ގޯލު އެއް މެޗެއްގައި ޖެހުމުގެ ރިކޯޑް އޮތީ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އަތުގައެވެ. އައިއެފްސީން އެ ރިކޯޑް ހެދީ 2001 ވަނަ އަހަރުގެ އެފްއޭ ކަޕްގައި ކްލަބް އޯޝަންސް ކޮޅަށް 22 ލަނޑު ޖަހައިގެންނެވެ.

ވީކޭއިން ޖެހި 36 ގޯލުގެ ތެރެއިން 11 ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

ހަސަން ވިޝާން އާއި އަބްދުﷲ ޖުނައިދު، ކޮންމެ ކުޅުންތެރިޔަކު ހަތް ގޯލް ޖެހިއިރު އަލީ މަލާޝް ވަނީ ހަ ގޯލް ޖަހާފައެވެ. އަނެއް ދެ ގޯލު ކާމިޔާބްކޮށްދިނީ ބައްސާމް ހަސަންއެވެ.