10:00


މިއަދަކީ މި އަހަރުގެ ކުޑަކުދިންގެ ދުވަސް. ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުން ތަފާތު ހަރަކާތްތައް ހިންގަމުން އެބަދޭ އެވެ.


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ ފުރަތަމަ ހަރާކާތެއްގެ ގޮތުން މިއަދު ހެނދުނު ހުރިހާ ޕްރައިމަރީ ސްކޫލްތަކެއްގައި ވަނީ ވަރަށް ޚާއްސަ އެސެމްބަލީ އެއް ބާއްވާފަ އެވެ. އަދި ކުޑަކުދިންނާ ގުޅޭ ގޮތަށް ހަދާފައިވާ ތަފާތު ވައްތަރުގެ ފުއްޕާހަމާއި ހަދިޔާތަށް ސްކޫލްތަކުން މިއަދު ވަނީ އެކުދިންނަށް ދީފަ އެވެ. އަދި އެސުކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންވަނީ ތަފާތު ނެށުންތަކާއި ޑްރާމާތައް ހުށަހަޅައިދީފަ އެވެ. އަދި އެކުދިންވެސް ވަނީ މިހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.


މީގެ އިތުރުންވެސް ގިނަ ސްކޫލް ތަކެއްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ވަނީ މިއަދު ނުވައެއްޖެހިއިރު ނިންމާލާފަ އެވެ.


ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހަކީ މިއަދު ކަމަށްވީ ނަމަވެސް މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ފުލުހުންނާއި ކަސްޓަމްސް އަދި ސަރުކާރުގެ ބައެއް މުއައްސަސާތަކާއި މާލޭގެ ބައެއް ޕްރައިމަރީ ސްކޫލްތައް ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފަ އެވެ.