13 Dec 2016, 16:11
އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އާއި އިންޑިއާގެ ޗެމްޕިއަން ބެންގަލޫރު އެފްސީ އެއް ގަރޫޕްއެއްގައި ހިމެނުނުއިރު ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ވެލެންސިއާ ޕްލޭއޮފްގައި ވާދަކުރަން ޖެހިއްޖެ އެވެ.
އޭއެފްސީ ކަޕަށް ގެނައި ބޮޑު ބަދަލާ އެކު، މާޒިޔާ އާއި ބެންގަލޫރު އެފްސީގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެ ގްރޫޕް އަށް ދެން އަންނާނި ވެލެންސިއާ ހިމެނޭ ޕްރިލިމިނަރީ ގްރޫޕްއިން ކުރިލިބޭ ޓީމެކެވެ. ވެލެންސިއާގެ އިތުރުން ދެން އެ ގްރޫޕްގައި ހިމެނެނީ އިންޑިއާގެ މޯހަން ބަގާން އާއި ސްރީ ލަންކާގެ ކޮލަމްބޯ އެފްސީ އާއި ބޫޓާނުގެ ތިމްޕޫ ސިޓީ އެވެ.
ޕްލޭއޮފަށް ފަހު ގްރޫޕަށް އަންނަ ޓީމާ އެކު ޖުމްލަ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ގްރޫޕް ސްޓޭޖް ކުޅުމަށް ހަމަޖެހިފައިވާ އިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް އިންޓަ ޒޯނަލް ޕްލޭ އޮފް ސެމީ ފައިނަލަށް ހޮވޭނެ އެވެ. ޕްލޭ އޮފް ކުޅުމަށް ފަހު ކުރި ލިބިއްޖެ ނަމަ ދެން ހޮވޭނީ ޒޯން ސެމީ ފައިނަލަށެވެ. ސެމީން ކުރި ލިބޭ ޓީމު ފައިނަލަށް ހޮވި އަދި ޗެމްޕިއަންކަން ހޯދާ ޓީމު ވެގެންދާނީ އީސްޓް ޒޯނުގެ ޗެމްޕިއަން ޓީމަށެވެ. ހަމަ މި އުސޫލުން ކުޅެ ވެސްޓް ޒޯނުން ޗެމްޕިއަންކަން ލިބޭނެ އެވެ.
ދެ ބުރަކަށް ބަހާލައިގެން ޕްލޭ އޮފް ކުރިއަށްދާއިރު ފުރަތަމަ ބުރުގައި ވެލެންސިއާ ވާދަ ކުރާނީ ބޫޓާންގެ ލީގް ޗެމްޕިއަން ތިމްޕޫ ސިޓީއާ ދެކޮޅަށެވެ. ފުރަތަމަ ބުރުގެ ޕްލޭއޮފް މެޗުން މޮޅުވެއްޖެ ނަމަ، ދެ ވަނަ ޕްލޭއޮފްގައި ވާދަ ކުރަން ޖެހޭނީ، ފުރަތަމަ ޕްލޭއޮފުން މޮޅުވާ ދެ ޓީމެވެ.
ޕްލޭއޮފަށް ފަހު ގްރޫޕަށް އަންނަ ޓީމާ އެކު ޖުމްލަ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅޭނެ އެވެ. ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ސެމީ ފައިނަލަށް ހޮވޭނެ އެވެ.