13 Dec 2016, 15:13
އދ. (ޑިސެމްބަރު 13): ޕޯޗުގަލްގެ ކުރީގެ ބޮޑުވަޒީރު އެންޓޯނިއޯ ގުޓަރޭޒް އދ.ގެ ނުވަ ވަނަ ސެކްރެޓަރީ ޖެނެރަލް ކަމުގެ ހުވާ ކުރައްވައިފި އެވެ.
އދ.ގެ ނެޝަނަލް އެސެމްބްލީން ގުޓަރޭޒް ސެކްރެޓަރީ ޖެނެރަލް ކަަމަށް އައްޔަން ކުރީ މިދިޔަ އޮކްޓޯބަރު މަހުގަ އެވެ. އޭނާ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބަން ކީ މޫންގެ ދެ ވަނަ ދައުރު ހަމަވުމުން އަންނަ މަހުގެ އެކެއްގަ އެވެ.
މަގާމުގެ ހުވާ ކުރެއްވުމަށް ފަހު، އދގެ ޖެނެރަލް އެސެމްބްލީގައި ހިމެނޭ 193 ގައުމުގެ އޮފިޝަލުންނާ ވާހަކަ ދައްކަވަމުން ގުޓޭރެސް ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޮޑަށް އިސްކަން ދެއްވާނީ ސުލްހަ ގާއިމު ކުރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށާއި އދ.ގެ ހިންގުމަށް ބަދަލު ގެނައުމަށެވެ.
އދ.ގެ އިސް ޑިޕްލޮމެޓަކު ވިދާޅުވި ގޮތުގައި ގުޓަރޭޒް ރާއްވަވަނީ ބޮޑުވަޒީރެއްގެ ކެބިނެޓެއް ފަދަ ކެބިނެޓެއް އދ.ގައި އުފައްދަވައިގެން އެޖަމްއިއްޔާގެ ކަންތައްތައް ހިންގުމަށެވެ.
ދެހާސްފަހެކުން 2012 އަށް އދ.ގެ ހައިކޮމިޝަނާ ފޯ ރެފިއުޖީންގެ މަގާމު އަދާ ކުރައްވާފައިވާ ގުޓަރޭސްއަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދުނިޔެއަށް މިހާރު ކުރިމަތިވެފާ މައްސަލަތަކާ ބެހޭ ގޮތުން އާ ސެކްރެޓަރީ ޖެނެރަލްއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.