13 Dec 2016, 11:44
ޔޫރޮޕާ ލީގްގެ ދެވަނަ ބުރުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ފްރާންސްގެ ޕައުލް ޕޮގްބާ އޭނާގެ ބޭބޭ ފްލޮރެންޓިން ޕޮގްބާއާ ދެކޮޅަށް ނިކުންނަން ޖެހިއްޖެ އެވެ.
ދެވަނަ ބުރުގައި މެންޗަސްޓާ ޔުނައިޓެޑްއިން ފްރާންސްގެ ސެއިންޓް އެޓިއެންއާ ދެކޮޅަށް ނިކުންނަށް ޖެހޭ އިރު ޕޮގްބާގެ ބޭބެ އުމުރުން 26 އަހަރުގެ ފްލޮރެންޓިންއަކީ ސެއިންޓްގެ ޑިފެންޑަރެކެވެ.
ލީގްގައި ކުޅުނު 17 މެޗުން 25 ޕޮއިންޓް ހޯދައިގެން އަށް ވަނާގައި ސެއިންޓް އޮތްއިރު ފްލޮރެންޓިން ވަނީ އަށް މެޗު ކުޅެފަ އެވެ. ސީޒަނުގެ ކުރީ ކޮޅުގައި ފްލޮރެންޓިން ޓީމަށް ނުނެގި ނަމަވެސް ސެއިންޓް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ފުރަތަމަ 11ގައި ހިމެނިގެން އޭނާ ވަނީ ކުޅެފަ އެވެ.
ޔޫރޮޕާ ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ ލެގް މެޗްތައް ކުޅޭނީ 23 ވަނަ ދުވަހު އެވެ.
ލީގާ ވާސާ - އަޔެކްސް
އަންޑަލޭކްޓް - ޒެނިޓް ޕީޓާސް ބާގް
އަސްޓްރާ ޖިރޫގިއޫ – ޖެންކް
މެންޗެސްޓާ ޔުނައިޓެޑް - ސެއިންޓް އެޓެއިން
ވިލަރެއާލް - އޭއެސް ރޯމާ
ލުޑޯ ގްރެޓްސް - ކޯޕެންހޭގަން
ސެލްޓަވީގޯ - ޝަހްތަރު ޑޮނެސްކް
އޮލިމްޕިއާކޯސް - އޮސްމާން ލިސްޕޯ
ޖެންޓް – ޓޮޓަންހަމް
ރޮސްޓޯވް - ސްޕާޓާ ޕްރާގް
ކްރަސަންޑާ - ފެނަބާޗޭ
ބްރޫޝިއާ މޮންޗެންގްލެބާކް - ފިއޮރެންޓީނާ
އޭޒެޑް އަލްކްމާ - ލިޔޯން
ހޮޕޭލް ބިއާ ޝީވާ - ބެސްކިޓަސް
ޕައޯކް އެފްސީ - ޝާލްކޭ
އެތުލެޓިކް ބިލްބާއޯ - އޮޕެލް ނިކޯސިއާ