12 Dec 2016, 22:32
ހއ. ކެލާގައި ދެ ސައިކަލް ޖެހި މިއަދު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މެންދުރު 12:30 ހާއިރު ކަމަށާއި، އެކްސިޑެންޓުވީ ކެލާ ދެކުނުފަރާތު ތުނޑިއަށްދާން އޮންނަ މަގުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ޒުވާން އުމުރުފުރައިގެ ދެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ އިރު ދެމީހުންނަށް ކެލާ ސިއްޙީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ ހއ. ދިއްދޫއަށް ގެންގޮސްފައެވެ.
ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.