ޅ. އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ޅ. ދިއްދޫ (އޮޅުކޮޅުދިއްދޫ)ގައި ބިދޭސީ މީހަކު ދަންޖެހިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޅ. ދިއްދޫގައި މީހަކު ދަންޖެހިގެން އުޅޭކަމުގެ މައުލޫމާތު މިއަދު ހެނދުނު 7:15 ހާ އިރު ފުލުހުންނަށް ހުށަހަޅާފައި އޮތް ކަމަށެވެ.

ފުލުހުން ވަނީ، އެމީހާ މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އެ ފަޅުރަށުގައި ފުލުހުން އަދިވެސް ހަރަކާތްތެރިވަމުން ދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އެހެން ނަމަވެސް މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ލިބޭގޮތް ވަނީ ނުވެފައެވެ.

ޅ. ދިއްދޫއަކީ ޅ. މާފިލާފުއްޓާއި ޅ. އަތޮޅު އެޓްމޮސްފިއާ ކަނިފުށި ރިސޯޓާ ދެމެދު އޮންނަ ފަޅުރަށެކެވެ.