Back
Nov 23, 2025 SUN
SUN

ގެމްބިއާގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސް ޖަމޭހް ކޯޓަށް

ގެމްބިއާގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ރައީސް ޖަމޭހް ކޯޓަށް
Lead photo

ބަންޖުލް(ޑިސެމްބަރު 12): ގެމްބިއާގައި މިމަހުގެ އެއް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ އެގައުމުގެ ރައީސް ޔަހުޔާ ޖަމޭހް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމަވައިފި އެވެ.

ރައީސް ޖަމޭހުގެ އެލައަންސް ފޯ ޕެޓްރިއޯޓިކް ރީއޮރިއެންޓޭޝަން އެންޑް ކޮންސްޓްރަކްޝަން ޕާޓީން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން އުޅޭކަން އިއުލާންކޮށްފައި ވަނީ ހޮނިހިރު ދުވަހު އެވެ.

ގެމްބިއާގެ ގާނޫނު އަސާސީގައިވާ ގޮތުން ވޯޓުލިތާ 10 ދުވަސް ތެރޭގައި އިންތިހާބާ ބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.

ވޯޓުތަކުގައި މައްސަލަތަކެއް އުޅޭ ކަމަށް ވިދާޅުވެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ރައީސް ޖަމޭހް ވިދާޅުވީ އިންތިހާބުން ބަލި ގަބޫލު ކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވި އެޑަމާ ބަރޯއަށް މަރުހަބާ ވިދާޅުވިތާ ހަފްތާއެއް ފަހުންނެވެ.

ވެރިކަން ކުރައްވާތާ 22 އަހަރުވެފައިވާ ރައީސް ޖަމޭހް އިންތިހާބުގެ ނަތީޖާ ގަބޫލު ކުރެއްވުމަށް އދގެ ސެކިއުރިޓީ ކައުންސިލުން ވަނީ ގޮވާލާފައެވެ. (ބީބީސީ)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics