އެމްޑީޕީގެ ވަގުތީ ޗެއާ ޕާސަންގެ މަގާމަށް ރީކޯ މޫސާ މަނިކު އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިހާބު ކުރުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމުން މޫސަ އިސްތިއުފާ ދެއްވައިފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މޫސަ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމަށް އިންތިހާބުކުރީ މިއަދުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެންނެވި 99 މެންބަރުންގެ ތެރެއިން 97 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ޕާޓީގެ އިސް ލީޑަރުގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގަންނަވާ އެ ޖަލްސާގައި މޫސަގެ އިތުރުން ވަގުތީ ޗެއާޕާސަން ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހަންމަދު ސާލިހުގެ ނަން ވެސް ހުށަހެޅުނެވެ. ނަމަވެސް އޭނާ ވަނީ ނަން ގެންދަވާފަ އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަމުން ގެންދަވާ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު މިއަދު ވިދާޅުވީ މޫސަ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ ގޮތުގައި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެމި ހުންނަވާނެ ކަމަށެވެ.

"މަޖލީހުގެ އެ ނިންމުމުގެ ސަބަބުން އެކަންވ ެސް އަޅުގަނޑުމެންނަށް ސާފުވެގެން ހިނގައްޖެ،" ބަޑޮހުގައި ހުންނަވައި ސަމީރު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށްވެސް ވަނީ ހަތަރު މެންބަރުންގެ ކޮމެޓީއެއް ހޮވާފަ އެވެ.

އިންތިޚާބީ އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކަށް މުސާރަ ނުދޭ ގޮތައްވެސް ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.



)ތަފުސީލު އަންނަނީ(