އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ބޭސްފަރުވާއަށް އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

މަހުލޫފުގެ އަނބިކަބަލުން ނަޒްރަ ނަސީމް ކުރެއްވި ޓްވީޓެއްގައި ވަނީ އިންޑިއާއަށް ފުރިކަން ޔަގީންކޮށްދީފަ އެވެ. އަދި ޓްވީޓުގައި ބުނެފައި ވަނީ 10 ދުވަސްތެރޭ އެނބުރި އަންނާނެ ކަމަށެވެ.

އެނގިފައިވާގޮތުން މަހުލޫފު ބޭސްފަރުވާއަށް ވަޑައިގެންނެވީ އިންޑިއާގެ ޓްރިވެންޑްރަމް އަށެވެ. ސިއްހީ ބައެއް މައްސަލައައް ދިމާވެ މާލޭންވެސް އެކި ފަހަރު މަތިން މަހުލޫފު ވަނީ ޑޮކްޓަރަށް ދައްކާފަ އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅިކަން ސާބިތުވެ އެއް މައްސަލާގައި ހަ މަހަށް އަދި އަނެއް މައްސަލާގައި ހަތަރު މަހަށް މަހުލޫފު ޖަލަށް ލާފައިވާއިރު އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މަހުލޫފަކީ އިދިކޮޅު އިއްތިހާދުގެ ސްޕޯކްސް ޕާސަންގެ އިތުރުން އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކުގައި އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.