18 Jun 2011, 14:46
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ]އެމްއެންޑީއެފް[ގެ ލެފްޓިނެންޓް ކާނަލް އިބްރާހިމް އަފްޒަލް މިދިޔަ ބުދަ ދުވަހު ރިޓަޔާ ކުރައްވައިފި އެވެ.
އަފްޒަލް މިއަދު ވިދާޅުވީ އޭނާ ރިޓަޔާ ކުރެއްވީ ސިއްހީ ހާލަތު ހުރި ގޮތުން މާ ކުރިން ވެސް ރިޓަޔާ ކުރައްވަން ނިންމަވާފައިވާތީ ކަމަށެވެ. އެހެންކަމުން ރިޓަޔާވުމުގެ ފުރުސަތު މިހާރު ހުޅުވިފައި އޮތުމުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހުންނާނެ މައިބަދައިގެ މައްސަލައެއް. ދެން ރިޓަޔާވުމުގެ ފުރުސަތު އޮތުމުން ކުރިން ވެސް ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރަން ނިންމާފައި ހުރީ،" އަފްޒަލް ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު އަފްޒަލް އަމިއްލައަށް އެދިވަޑައިގެން ވަޒީފާއިން ރިޓަޔާ ކުރައްވާފައިވާކަން އެމްއެންޑީއެފް އިން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
އަފްޒަލް މި ރިޓާޔާ ކުރެއްވީ ބަދުއަހުލާގީ މަންޒަރެއް ކަމަށް ބުނާ ވީޑިއޯއެއްގެ ތުހުމަތުގެ އިނގިލި އޭނާއާ ސީދާ ކުރެވިފައިވާ ދަނޑިވަޑަޅެއްގަ އެވެ.