ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ބުނީ، ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެކި ހިސާބުތަކަށް ވިއްސާރަ ކުރާ އިރު، ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

ވައިޖެހޭ ވަރަށް ބަލާއިރު، މިހާރު އާންމުކޮށް 15 މޭލުގައި ވައި ހިފަހައްޓާ ކަމަށާއި ނަމަވެސް ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަ ކަމަށާއި ވިލާގަނޑުގެ ވައިގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެ އޮފީހުން އިލްތިމާސްކުރެ އެވެ.