އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ދުވަސްވީ އަންހެނެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ބޮޑު މަގުން ދުއްވާފައި ދިޔަ ސައިކަލު ޖެހުނީ ދުވަސްވީ މީހާ މަގު ހުރަސްކުރަނިކޮށް ކަަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އެމީހާއަކީ އުމުރުން ދުވަސްވީ މީހެއްކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލުގައި އެކްސިޑެންޓް ވެގެން ގެނައި ބަޔަކަށް ފަރުވާ ދެމުންދާކަމަށް އައްޑޫ ހޮސްޕިޓަލުން ޔަގީން ކޮށްދެ އެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ އަނިޔާއެއްކަން ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.