ބާޒާރުމަތީ ހުރި އޭއެޗް ބުރަދާސްގެ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަން ކުރަން އުޅުނު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ މާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ރޭ ފަތިހު 4:00 ހާއިރު އެ ދެ މީހުން ހައްޔަރު ކުރީ އޭއެޗް ބުރަދާސްގެ ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން ފިހާރަތެރެއަށް ފައިބަން އުޅެނިކޮށް ކަމަށެވެ.
ފުލުހުން ބުނީ ފިހާރައިން އެއްވެސް އެއްޗެއް ގެއްލިފައިނުވާ ކަމަށާއި މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.