ބަނގުރާ ކައްކަން ބޭނުން ކުރާ އެއްޗެހިތަކެއް އައްޑު އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މާހެރައިން ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ހިތަދޫ ކައިރީ އޮންނަ އެ ފަޅުރަށަށް ރޭ ގާތްގަނޑަކަށް 11:30 ހާއިރު ފުލުހުން އެރި ކަމަށާއި އެ ރަށް ބަލައި ފާސް ކުރި އިރު ބަނގުރާ ކައްކަން ބޭނުން ކުރާ އުނދުނަކާ އިތުރު އާލާތްތައް ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ ފަސް ލީޓަރުގެ ހަތަރު ހަމުގެ ބަނގުރާ ކެއްކޭ ވަރަށް ސާމާނު އެ ސަރަހައްދުގައި ހުރި ކަމަށެވެ.

ފުލުހުން ބެލި ބެލުމުގައި ކައްކާފައި ހުރި ބަނގުރާ އެ ފަޅު ރަށުން ފެނިފައެއް ނުވެއެވެ. ނަމަވެސް އެ ރަށުގައި ބަނގުރާ ކައްކާފައި ހުރި ކަމަށް ޝައްކު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އިތުރަށް އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.