އއ. އުކުޅަހުން، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ އަށް މެމްބަރަކު މިއަދު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.

ޕީޕީއެމް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އުކުޅަހުން ސޮއިކުރި މީހުން ވަނީ ޕީޕީއެމްއަށް ވަނުމަށް އެދޭ ފޯމް ފުރުމަށްފަހު ޕީޕީއެމްގެ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ހަވާލުކޮށްފައެވެ.

ހަފްލާގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ، މިއަދު ޕީޕީއެމްއަށް ސޮއިކުރި އުކުޅަހު މީހުންނަކީ އެރަށުގައި އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެރަށުގައި ނަގާ ކިޔާ މީހުން ކަމަށެވެ.

އެގޮތުން މިއަދު ސޮއިކުރި އަށް މީހުންނާއެކު އުކުޅަހުން ޖުމްލަ 13 މީހަކު ޕީޕީއެމްއަށް ސޮއިކޮށްފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްއަށް ގިނަ އަދަދެއްގެ ރައްޔިތުން ގުޅެމުންދަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަވާ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ ސަބަބުން ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް ހިންގެވުން ރައީސް ޔާމީނާ ހަވާލުކުރެއްވުމާއެކު ޕާޓީގެ ހަރަކާތްތައް އިތުރުވެފައިވާ ކަމަށެވެ.