07 Dec 2016, 18:27
އިސްލާމްއާބާދު (ޑިސެމްބަރު 7): ޕާކިސްތާނުގެ ޗިތްރަލް އިން އިސްލާމްއާބާދަށް ދަތުރު ކުރަމުންދިޔަ ބޯޓެއް ވެއްޓިއްޖެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ނެރުނު ބަޔާނެއްގައިވާ ގޮތުން ގާތްގަނޑަކަށް 40 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފްލައިޓު ޕީކޭ 661އާ ކޮންޓްރޯލް ޓަވަރާ ވަނީ ގުޅުން ކެނޑިފަ އެވެ. އެ ބޯޓު ހޯދުމަށް ކުރެވެން އޮތް ހުރިހާ ކަމެއް މިހާރު ކުރަމުންދާ ކަމަށް އެއާލައިންގެ ބަޔާނުގައިވެ އެވެ.
ފްލައިޓާ ގުޅުން ކެނޑުނީ ދަތުރު ފެށިތާ 90 މިނިޓު ފަހުން، އިސްލާމްއާބާދުގެ އެއާޕޯޓާ ގާތްވެފައި ވަނިކޮށް ކަމަށް މީޑިއަތާކުން ބުނެ އެވެ.
ރޭޑިއޯ ޕާކިސްތާނުން ބުނާ ގޮތުގައި އެ ބޯޓު ވެއްޓިފައި ވަނީ އަބަތްއާބާދު ޑިސްޓްރިކްޓުގެ ހަވޭލިއަން ކައިރިއަށެވެ.
ދެހާސްހަ ވަނަ އަހަރު ޕީއައިއޭގެ ފްލައިޓެއް ވެއްޓުމާ ގުޅިގެން 44 މީހަކު މަރުވި އެވެ. އެހާދިސާއާ ގުޅިގެން ޖެހިގެން އައި އަހަރު ސަލާމަތީ ސަބަބުތަކަށްޓަކާ ޔޫރަޕިއަން ޔޫނިއަން އިން އެއެއާލައިންގެ ފްލައިޓުތައް ޔޫރަޕަށް ދަތުރު ކުރުން މަނާ ކުރި އެވެ.