ސިޔާސީ މަގާމުތަކަށް ސަރުކާރުން އައްޔަންކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، ސްޓޭޓް މިނިސްޓަރުންގެ ލެވެލް އިން ފެށިގެން ކޯޑިނޭޓަރުންގެ ލެވެލްއާ ހަމައަށް 12 ބޭފުޅަކު މަގާމުން ވަކި ކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން، އިބްރާހިމް މުއާޒް އަލީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެ ބޭފުޅުން މަގާމުން ކުރައްވާފައިވާ ކަމަށެވެ.

ސިޔާސީ މަގާމުތަކުން ވަކި ކުރެއްވި ބޭފުޅުންނަކީ:

  1. ޕްރައިވަޓައިޒޭޝަން ބޯޑުގެ ނައިބް ރައީސް، މުހައްމަދު ޔާސިރު

  2. އެންސީއައިޓީގެ އެގްޒެކެޓިވް ކޯޑިނޭޓަރު، އަހުމަދު އަދްހާން ޝަމީމް
  3. ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް، މުހައްމަދު ޒުހައިރު
  4. ފިނޭންސް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް، އަބްދުލްޣަފޫރު އަބްދުއްލަތީފް
  5. ހައުސިން މިނިސްޓްރީގެ ސްޓޭޓް، މުހައްމަދު އަލީ
  6. ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު، އަހުމަދު ފަތުހީ
  7. ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު، އަބްދުﷲ ތާހިރު
  8. އިސްލާމިކް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގެޒެކެޓިވް، މުހައްމަދު ގުބާދު
  9. ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްގެ ކޯޑިނޭޓަރު، މީރާ މުހައްމަދު މާޖިދު
  10. ޔޫތް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓާރު، އަހުމަދު ނާޒިމް
  11. ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރު، މުހައްމަދު ޝަހުނީމް
  12. ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރު، ހުސައިން ޒަމީލް

މި 12 ބޭފުޅުން މަގާމުން ވަކި ކުރެއްވި ކަން، މުއާޒު ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް އޭނާ ވިދާޅުވީ މިކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅު ވާނީ އަދި ފަހުން ކަމަށެވެ.

ސިޔާސީ މަގާމުތަކުން 12 ބޭފުޅަކު ވަކިކުރެއްވިއިރު، ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ވަނީ 600 އަށް އަރާފަ އެވެ. މަޖިލީހަށް ހުށަހެޅި ބަޖެޓުން ދައްކާ ގޮތުން މިއަހަރު އެކަނިވެސް 95 ސިޔާސީ މަގާމު ރައީސް ޔާމީން ވަނީ އުފައްދަވާފަ އެވެ. މިނިސްޓްރީތަކުގެ ތެރެއިން ސިޔާސީ މަގާމު އެންމެ ގިނައީ ހެލްތު މިނިސްޓްރީގަ އެވެ.