07 Dec 2016, 16:49
ކޮލަމްބޯ (ޑިސެމްބަރު 7): ސްރީލަންކާގައި އެމެރިކާގެ އާ އެމްބަސީ އިމާރާތެއް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކޮލަމްބޯގެ ގޯލްފޭސްގައި މިހާރު ހުންނަ އެމެރިކާގެ އެމްބަސީއާ ޖެހިގެން އަޅާ އެ ކޮމްޕްލެކްސްގައި އެމްބަސީގެ މުވައްޒަފުންނަށް ބޭނުންވާ ގިނަ ހިދުމަތްތައް ލިބެން ހުންނާނެ ކަަމަށް އެމްބަސީން ނެރުނު ބަޔާނެއްގައިވެ އެވެ.
އާ އެމްބަސީ އިމާރާތް ކުރުން ފައްޓަވައި ދެއްވުމުގައި އެމެރިކާގެ އެމްބަސީތައް އެކި ގައުމުތަކުގައި އިމާރާތް ކުރާ ބިއުރޯ އޮފް އޯވަސީސް ބިލްޑިންގްސް އޮޕަރޭޝަންސް (އޯބީއޯ)ގެ ޕްރިންސިޕަލް ޑެޕިއުޓީ ޑިރެކްޓަރު ވިލިއަމް މޯސާ އާއި އެމެރިކާއިން ލަންކާއަށާއި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކެޝަޕް ވަނީ އާއެމްބަސީއަކީ އެމެރިކާ އާއި ލަންކާ އާއި ރާއްޖެއާ ދެމެދު ގުޅުންތައް ރަނގަޅު ކުރަން އެޅޭ ޑިޕްލޮމެޓިކް ޕްލެޓްފޯމެއް ކަމަށް ވިދާޅުވެފަ އެވެ