07 Dec 2016, 08:37
ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމުގައިވާ ހުވަދު އަތޮޅާއި، ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީން ސްރީލަންކަން އެއާލައިންސްގެ ޓިކެޓު ވިއްކާނެ ޕެސެންޖަރ ސޭލްސް އޭޖެންޓްސް (ޕީއެސްއޭ) އަށް ވާނެ ފަރާތްތަކެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސްރީލަންކަން އެއާލައިންސްއިން ވަނީ އައްޑޫ ސިޓީގެ އެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓަކީ އޭސް އޭވިއޭޝަން ސާވިސެސްއެވެ. ސްރީލަންކަންގެ ދަތުރުތައް އައްޑުއަށް ފެށުމުގެ ކުރިން، އައްޑޫ ސިޓީގެ ފޭދޫގައި ވަނީ އޭސް އޭވިއޭޝަންގެ ފަރާތުން ސްރީލަންކަން އެއާލައިންސްގެ އޮފީހެއް ހުޅުވާފައެވެ.
އޭސް އޭވިއޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އެ ކުންފުނިން މިހާރު ދަނީ، ދެކުނުގެ އަތޮޅުތަކުގައި ސްރީލަންކަން އެއާލައިންސްގެ ޓިކެޓު ވިއްކައިދޭނެ ޕެސެންޖަރ ސޭލްސް އޭޖެންޓުން ހޯދަމުންނެވެ.
އެގޮތުން، ގއ އަދި ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫގައި، ސްރީލަންކަންގެ ޕެސެންޖަރ ސޭލްސް އޭޖެންޓުންނަށް ވާން އެދޭ ފަރާތްތަކުން އެކަމުގެ ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާފައިވާ ކަމަށް އޭސް އޭވިއޭޝަނުން މައުލޫމާތު ދެއެވެ.
އޭސް އޭވިއޭޝަންގެ އޮފީސް ހުންނާނީ މާލޭގެ ހ. ތުނިޔަ ބިލްޑިންގްގެ ދެވަނަ ފަންގިފިލާގައެވެ.
ސްރީލަންކަންއިން އައްޑޫ ސިޓީގެ ގަމަށް އިންޓަނޭޝަނަލް ތާވަލު ދަތުރުތައް ފެށުމަކީ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ސީދާ ދެކުނުން ރާއްޖެއިން ބޭރަށް ފުރުމަށް ހުޅުވިގެން ދިޔަ ދޮރެކެވެ.
ސްރީލަންކަންއިން މި ދަތުރުތައް ފެށުމާ އެކު، ދެކުނުގެ އަތޮޅުތަކުގައި ހުރި އެއާޕޯޓުތަކުން އައްޑޫ ސިޓީއަށް ޑޮމެސްޓިކް ފްލައިޓުގެ ކަނެކްޓިވިޓީ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން، ގއ. ކޫއްޑޫ، ގދ. ކާޑެއްދޫ އަދި ފުވައްމުލަކު ސިޓީގެ އެއާޕޯޓުން އައްޑޫ ސިޓީއަށް ފްލައިޓު ދަތުރުކުރުމުގެ ކަންކަން ހަމަޖެއްސުމަށް ގައުމީ އެއާލައިންއެވެ.