ކޮމްޕިއުޓާ ސައިންސަށް އަހުލުވެރި މާހައުލެއް ގާއިމުކުރުމަށް ސައިރެކްސް ކޮލެޖުން ހިންގާ ކޯހުގެ ފުރަތަމަ ވޯކްޝޮޕް އިއްޔެ ބާއްވައިފި އެވެ.

'އަވާ އޮފް ކޯޑް'ގެ ނަމުގައި ކުރިއަށް ގެންދާ އެ ސިލްސިލާ ވޯކްޝޮޕްގެ ފުރަތަމަ ބުރު ހިންގާފައި ވަނީ، ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން)ގެ ޓީޗަރުންނަށެވެ. އިއްޔެ ސައިރްސް ކޮލެޖުގައި ކުރިޔަށް ގެންދިޔަ އެ ވޯކްޝޮޕްގައި ތަފާތު ސްކޫލުތަކުންނާއި އޯޓިޒަމް އެސޯސިއޭޝަނުން ޖުމްލަ 13 މީހަކު ބައިވެރިވި އެވެ.

މުޖްތަމައަށް ޚިދުމަތް ކުރުމުގެ ޒިންމާގެ ދަށުން ސައިރިކްސް ކޮލެޖްއިން ހިންގާ "ޓެކްނޮލޮޖީ ފޯ އޯލް" ޕޮރޮގްރާމްގެ "އަވާ އޮފް ކޯޑް"ގެ ސިލްސިލާ ވޯކްޝޮޕް އިއްޔެ ފައްޓަވައި ދެއްވީ، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމެ އެވެ. އެ ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން އޭނާ ދެއްކެވި ވާހަކައިގާ، އުނގެނުމުގެ ފުރަތަމަ މަރުހަލާތަކުން ފެށިގެން ކޮމްޕިއުޓާ ސައިންސަށް އަހުލުވެރިކުރުން މުހިންމުކަން ފާހަގަ ކުރެއްވި އެވެ. އެ ވޯކްޝޮޕް ފެއްޓުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ސަރިކްސް ކޮޖެޖުގެ ޗެއަމަން އަހުމަދު ޝަރީފު ދެއްކެވި ވާހަކައިގާ އެ ކޮލެޖުގެ ޓެކްނޮލޮޖީ ފޯ އޯލް ޕްރޮގްރާމަކީ، ކޮންޕިއުޓަރަށް އަހުވެލި އަދި ފަހި މުޖުތަމައެއް ބިނާކުރުމާއި، ކޮމްޕިއުޓަރުގެ ބޭނުން ހިފާނެ ގޮތްތައް އެންމެނަށް އުގަންނައިދުމުގެ މަގުޞަދާ އެކު ފެށި ޕްރޮގްރާމެކެވެ.

އިއްޔެ އިން ފެށިގެން މިމަހު 11 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމު އަމާޒުކޮށްފައި ވަނީ ގްރޭޑް ތިނަކުން ފެށިގެން ނުވަޔަކަށް އަދި ބޮޑެތި މީހުންނަށެވެ. މުޅިން ހިލޭ ހިންގާ މިޕްރޮގާމުގައި ބައިވެރިވުމުގެ ފުރުޞަޠު އާންމުކޮށް ވަނީ ހުޅުވާލައިފަ އެވެ.