ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރު ނެގުމަށް މިއަދު ބާއްވަން ކުރިން ހަމަޖެއްސުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން އެކަން ފަސްކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކެންޑިޑޭޓުންގެ ތަރުތީބު ކަނޑައެޅުމަށް މިއަދު ބޭއްވުމަށް ކަނޑައެޅި ކަނޑައެޅުން ފަސްކޮށްފައިވާ ކަމަށެވެ. އަދި ފަހުން ދުވަހެއް އަންގާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޖެނުއަރީ 14ގައި ބާއްވަން ކުރިން ހަމަޖެއްސި ލޯކަލް ކައުންސިލް އިންތިޚާބު ސިވިލް ކޯޓުން މިހާރު ވަނީ ދެ މަސް ދުވަހަށް ފަސްކޮށްފަ އެވެ.

އިންތިޚާބު ފަސްކުރަން ކުރި ހުކުމް އިސްތިއުނާފް ކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.