މަދިރި އާލާވާ ތަންތަން ސާފުނުކޮށް ބަހައްޓާ އަމިއްލަ މީހުންގެ އަތުން ނަގާ ޖޫރިމަނާ 25000 ރުޕީސް އަށް ބޮޑުކުރަން ސްރީލަންކާގެ ހެލްތު މިނިސްޓަރު ރަޖިތަ ސެނަރަތްނެ ހުށަހަޅުއްވައިފިއެވެ.

ސްރީލަންކާގައި މަދިރި އާލާވާ ތަންތަން ސާފުނުކޮށް ބަހައްޓާ މީހުންގެ އަތުން މިހާރު ނަގަމުން އަންނަނީ 500 އާއި 2000 ރުޕީސްގެ ޖޫރިމަނާއެކެވެ.

ނަމަވެސް އެ އަދަދު 250000 ރުޕީސް (ގާތްގަނޑަކަށް 2566.69 ދިވެހި ރުފިިޔާ) އަށް ބޮޑުކުރަން ހުށަހަޅުއްވައި ހެލްތު މިނިސްޓަރު ރަޖިތަ ވިދާޅުވީ، ޑެންގޫ ކޮންޓްރޯލް ކުރުމަށް އެކަމާ ގުޅޭ ގާނޫނުތަކާ ގަވާއިދުތައް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން ޑެންގޫ ހުން ޖެހިގެން މީހަކު މަރުވެއްޖެނަމަ އެ ސަރަހައްދެއްގައި މަދިރި އާލާވާ ތަންތަން ސާފުނުކޮށް ބަހައްޓާ މީހުންނާއި އެކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ އޮންނަ އިންސްޓިޓިއުޓްތަކުން ވެސް ޖޫރިމަނާ ކުރެވެންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓްރީގެ ކޮމިއުނިޓީ ސްޕެޝަލިސްޓް ޑރ. ޕްރިސްސިލާ ސަމަރަވީރަ ވިދާޅުވީ މިއަހަރުގެ ތެރޭގައި އެގައުމުގައި ޑެންގޫ ޖެހިގެން 76 މީހަކު މަރުވެފައިވާޢިރު، ޑެންގޫގެ އަލާމާތްތައް ފެނިގެން 47000 ޕޭޝަންޓުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.