09 May 2010, 14:51
19:00
ފަންސާސް ޕަސެންޓް ޑިސްކައުންޓަކާ އެކު ބްރޯޑް ބޭންޑް އިންޓަނެޓް ގުޅައިދިނުމުގެ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން މިއަދު ތަޢާރަފްކޮށްފި އެވެ.
ނޫސްވެރިންނަށް މަޢުލޫމަތު ދެއްވަމުން ދިރާގުގެ މާކެޓިން މެނޭޖަރ، ބްރޯޑް ބޭންޑް އެންޑް ޑާޓާ، އިބްރާހިމް ރިޔާޒު ވިދާޅުވީ މިއަދު ފެށި މި ޕްރޮޕޯޝަނަކީ ދެ މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ ދިރާގު އޭޑީއެސްއެލް ބްރޯޑްބޭންޑް އިންޓަނެޓް އާއްމުކޮށް ގުޅައިދެނީ 500 ރުފިޔާ އަށް ކަމަށް ވިޔަސް މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް 250 ރުފިޔާ އަށްވެސް ގުޅޭނެ ކަމަށެވެ. ބްރޯޑް ބޭންޑް އާ ލައިނެއްނަމަ ގުޅައިދިނުމުގެ އަގަކީ 1،000 ރުފިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް އިންޓަނެޓްގެ ޚިދުމަތް ދެމުން އަންނަ ދިރާގުގެ މި ޕްރޮމޯޝަން އޭޑީއެސްލްގެ ޚިދުމަތް ލިބޭ ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.