02 Dec 2016, 20:18
ތައިލެންޑްގެ ޝާހީ ތަޚްތު، އެ ގައުމުގެ ވަލީއަހުދު މަހާ ވަޖިރަލިންކޯން ގަބޫލުކުރައްވައި، ތަޚުތަށް އިސްވެވަޑައިގެންފި އެވެ.
ވަލީއަހުދު ވަޖިރަލޮންކޯން ތަޚުތު ގަބޫލުކުރެއްވުމާ އެކު، އޭނާއަކީ ތައިލެންޑްގެ ރަސްގެފާނެވެ. ވަޖިރަލޮންކޯން ރަސްކަމަށް އިސްވެވަޑައިގަތީ، އޭނާގެ ބައްޕާފުޅު އަދި މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ދުވަސް ވަންދެން ރަސްކަން ކުރެއްވި ތައިލެންޑްގެ ރަސްގެފާނު ފުމިޕޮން އަދުންޔަދޭ އަވަހާރަވުމާ ގުޅިގެންނެވެ.
ވަޖިރަލޮންކޯން އިއްޔެ ރަސްކަން ގަބޫލުކުރެއްވީ އިއްޔެ އެވެ. އިއްޔެއަކީ ކުރީގެ ރަސްގެފާނު އަވަހާރަވުމަށް 50 ދުވަސް ފުރުނު ދުވަސް ވެސްމެ އެވެ.
ރަސްގެފާނު ވަޖިރަލޮންކޯން ރަސްކަމަށް އިސްވެވަޑައިގެންނެވި ނަމަވެސް، ރަސްކަމުގެ ތާޖު ހަވާލުކުރުމަށް ބާއްވާ ޝާހީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ، ކުރީގެ ރަސްގެފާނު ޕުމިޕޮންގެ ހަށިކޮޅު، ބުދު ދީނުގެ އާދަކާދައިގެ ދަށުން އަންދައިލުމުންނެވެ. މި ކަން ކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގަ އެވެ.
ވަޖިރަލުންގްކޯން މިއަދު ރަސްކަމަށް ވަޑައިގަންނަވައިފައިވާ އިރު، އެމަނިކުފާނު ވަޑައިގަންނަވަންދެން މިހުރިހާ ދުވަހު ރަސްކަމުގެ ކަންތައްތައް ބެލެހެއްޓެވީ، ރަސްގެފާނުގެ އެޑްވައިޒަރީ ކައުންސިލްގެ ވެރިޔާ އަދި ކުރީގެ ބޮޑުވަޒީރު ޕްރޭމް ޓިންސުލަނޮންޑާ އެވެ.
ތައިލެންޑްގެ ވަލީއުލްއަހްދު ކަމުގެ މަގާމަށް ވަޖިރަލުންގްކޯން އިސްކޮށްފައި ވަނީ 1972 ވަނަ އަހަރު އޭނާގެ ބައްޕަ ބުމިބޯލް ރަސްގެފާނެވެ. ބުމިބޯލް ރަސްގެފާނު އެތައް އަހަރެއްވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެވެ.