އައްޑޫ ސިޓީ އިން: މާހިލު މުހައްމަދު

(ގަން، އައްޑޫ ސިޓީ): މިއަދު އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް ފެށުމަކީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި ތަރައްގީގެ މަސައްކަތްތަކަށް އައްޑޫ ސިޓީ ކައުންސިލުގެ އެއްބާރުލުން ލިބޭނެ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެ އެވެ.

ސްރީލަންކަން އެއާލައިންސްއިން މިއަދު ވަނީ ކޮލޮމްބޯއާއި ގަމާ ދެމެދު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތަށް ފަހު މީޑިއާއާ ވާހަކަ ދައްކަވަމުން، އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވީ، އައްޑޫގެ ރައްޔިތުންނަށް އެންމެ ޒަމާނުއްސުރެ ވެސް ދިމާވެފައި އޮތް އެއް މައްސަލައަކީ ދަތުރުފަތުރުގެ އަގުބޮޑުވުމުގެ މައްސަލަ ކަމަށެވެ.

"ވިޔަފާރިއަށް ބެލިއަސް، ދަތުރުފަތުރުގެ އަގު ބޮޑު. މާލެ ގޮސްފައި ރާޢްޖެއިން ބޭރަށް ދާން ޖެހޭތީ އަގުބޮޑުވޭ. ޓުއަރިސްޓުން ގެނައުމަށް ވެސް އަގުބޮޑުވޭ. މި ދަތިތައް ނިމުމަކަށް އައިސް، މި އެއާޕޯޓުން ސީދާ ދުނިޔޭގެ ދިމަ ދިމާލަށް ފުރައިގެން ދިއުމުގެ ފުރުސަތު މި ލިބުނީ،" ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ގަން އެއާޕޯޓަކީ ދެކުނުގެ ތަރައްގީގެ ނާރެހާއި ދޮރޯށި ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ. އަދި އައްޑޫއަށް ތާވަލު ދަތުރުތައް ފެށިގެން ނޫނީ ސަރަހައްދަށް ކުރިއެރުން ނުލިބޭނެ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރާ ކަމަށް ސޯބެ ވިދާޅުވި އެވެ.

އައްޑޫގެ މޭޔަރު ވިދާޅުވީ، މިއީ ސަރަހައްދީ އިގްތިސާދު ކުރިއަރުވަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ. އެގޮތުން، ހައްދުންމަތިން ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިތައް، މި ފުރުސަތުގައި ކުރިއަރުވައިގެން ނަފާ ލިބޭނެެ ކަމަށް ސޯދިގު ވިދާޅުވި އެވެ.

ސޯބެ ވިދާޅުވި ގޮތުގައި، އައްޑުއަށް ތާވަލު ދަތުރުތަކެއް ފެށިގެން ދިއުމަކީ ގެސްޓްހައުސް ވިޔަފާރި ފުޅާ ކުރުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. ގެސްޓްހައުސް އެޅުމަށް ރަނގަޅު ތަންތަން އައްޑޫގައި ހުރި އިރު، ކުދި ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިވެދިނުމަށް ސަރުކާރަށް ސޯބެ ގޮވާލެއްވި އެވެ.

"ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާ ކުރެވޭނެ. އެ ފުރުސަތު ސަރުކާރުން ހުޅުވައިދޭން ޖެހޭނެ. ރަނގަޅު ލޮކޭޝަންތަކެއް ވެސް އެބަހުރި. އަމިއްލަ ގޭގޭގައި ގެސްޓްހައުސް އަޅާން ތައްޔާރަށް ތިބި ފަރާތްތަކަށް ލޯނު ދޭން ޖެހޭ. ވިޔަފާރި ފަށައިގަންނަ އިރު މާ ބޮޑު ލޯނަކާ އެކު ފަށައިގަންނަން ދަތި މީހުން އުޅޭނެ. ލުއި ލޯނު ފެސިލިޓީއެއް ލިބެން ޖެހޭ،

ސްރީލަންކަން އެއާލައިންސް ގަމަށް ދަތުރުތައް ފެށުމާ ގުޅިގެން މިއަދު ގަން އިންޓަނޭޝަނަލް އެއަޕޯޓުގައި ބޭއްވި ހަފްލާގައި އެއާލައިނާއި، ސަރުކާރާއި، ގަން އެއާޕޯޓާއި އައްޑޫ ސިޓީގެ ބައެއް އިސްވެރިން -- ސަން ފޮޓޯ/ މާހިލް މުހައްމަދު

"ޝެޑިއުލް ފްލައިޓުތަކާ އެކު ވަރަށް ކުރިއަރާނެ އިގްތިސޯދު. ހަމައެކަނި ގެސްޓްހައުސެއް ނޫން. އެހެން ވިޔަފާރިތަކަށް ވެސް ވެލިއު އެޑްކޮށްގެން ކުރިޔަށް ގެންދެވޭނެ ކަންކަން އެބަހުރި. އެކަންކަން އިކޮނޮމިކް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން ކޮށްދޭން ޖެހޭ. އަޅުގަނޑުމެން ކައުންސިލުން މިތިބީ އެއްބާރުލުން ދޭން ތައްޔާރަށް،"

މީގެ އިތުރުން ވެސް ފުޅާކުރެވޭނެ އިތުރު ވިޔަފާރިތަކަކާއި ތަރައްގީކުރަން ޖެހޭ ޚިދުމަތްތަކެއް އެބަހުރިކަން އައްޑޫގެ މޭޔަރު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ޑައިވިންގް، މައިސް ޓުއަރިޒަމް، އަތްތެރި މަސައްކަތް ކޮށްގެން ސުވެނިއާ އުފެއްދުން، ކެފޭ ރެސްޓޯރަންޓްތައް އަދި ހޮޓެލް ސްކޫލް މޭޔަރ ފާހަގަ ކުރެއްވި އެވެ.

"އެއާޕޯޓުގެ ކުރިއެރުމާއި ދެމެހެއްޓެނެވި ގޮތަކަށް ދަތުރުތައް ބެލެހެއްޓޭނީ، އަދި ކާގޯއާއި ފަސިންޖަރުން ވެސް ލިބޭނީ ބެޑް ކެޕޭސިޓީ އިތުރުކޮށް، ވިޔަފާރިތައް ވެސް ކުރިއަރައިގެން ދާ ވަރަކުން،" ސޯބެ ވިދާޅުވި އެވެ.