ނިއު ދިއްލީ (ޑިސެމްބަރު 1): އިންޑިއާގައި ބިނާކޮށްފައިވާ ދުނިޔޭގެ އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓް އެ ގައުމުން ދައްކާލައިފި އެވެ.

ޓަމިލް ނާޑޫގެ ކަމުތީގައި 10 ސްކޮއާ ކިލޯމީޓަރުގެ ބިމެއްގައި ބިނާކޮށްފައިވާ އެޕަވާ ޕްލާންޓުން 648 މެގަވަޓުގެ ހަކަތަ އުފެއްދެ އެވެ. އެހަކަތައިން އިންޑިއާގެ 150،000 ގެޔަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

މީގެ ކުރިން ދުނިޔޭގެ އެންމެ ބޮޑު ސޯލާ ޕަވާ ޕްލާންޓުގެ ގޮތުގައި އޮތް ޓޯޕޭޒް ސޯލާ ފާމް އިން އުފެއްދެނީ 550 މެގަވަޓުގެ ހަކަތަ އެވެ.

އިންޑިއާގެ އަދަނީ ގުރޫޕުން އަށް މަސް ތެރޭގައި 679 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ބިނާކޮށްފައިވާ އެ ޕަވާ ޕްލާންޓުގައި 25 މިލިއަން ވަކި ސޯލާ ޕެނަލް ހަރުކޮށްފައި ހުރެ އެވެ. އަދި އެޕަނަލްތައް ސާފު ކުރުމަށް އިރުގެ ހަކަތައިން މަސައްކަތް ކުރާ ރޮބޮޓުތައް ވެސް ހަރުކޮށްފައިވާ ކަމަށް އަލްޖަޒީރާގައިވެ އެވެ.

އިންޑިއާގެ އަމާޒަކީ 2022 ވަނަ އަންނަންވާ އިރަށް އިރުގެ ހަކަތައިން 60 މިލިއަން ގެޔަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމެވެ. އަދި 2030 އަންނަންވާ އިރަށް ގައުމަށް ބޭނުންވާ ހަކަތައިގެ ތެރެއިން 40 ޕަސެންޓު ހަކަތަ ފޮސިއުލް ފިއުލް ބޭނުން ނުކޮށް އުފެއްދުމެވެ.

މިދިޔަ އަހަރު އެ ގައުމުން ވަނީ ސޯލާ ހަކަތައިން މުޅި އެއާޕޯޓް ހިންގާ ދުނިޔޭގެ ފުރަތަމަ އެއާޕޯޓަކަށް ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް (ސީއައިއޭ)އެވެ. (އަލްޖަޒީރާ)