01 Dec 2016, 12:21
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮން ކޯޕަރޭޓް މޯލްޑިވްސް މަޖައްލާ ޝާއިއުކުރާ ފަރާތް، މޯލްޑިވްސް ގެޓަވޭސްއާ އެކު "ގޯލްޑް 100" އަށްއެހީތެރިވުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ބީއެމްއެލްއިން ބުނީ އެ އެއްބަސްވުުމުގެ ދަށުން ބޭންކުން ސްޕޮންސާކުރުމަށް ހަމަޖެހިފައި ވަނީ ގޯލްޑް 100 މަޖައްލާ އާއި ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ހިންގަވާ އިސްފަރާތްތަކުގެ ބައިވެރިވުމާއެކު ބާއްވާ ގާލާ އިވެންޓު ކަމަށެވެ.
ގޯލްޑް 100ގައި ރާއްޖޭގައި ކުރިއެރުން ހޯދާފައިވާ 100 ވިޔަފާރީގެ ޕްރޮފައިލް ހިމެނޭއިރު، އެކި ސިނާޢަތްތައް ވަކި ވަކިން، ވިޔަފާރިތައް ލިސްޓްކުރެވިގެންދާނެ އެވެ. އެ ލިސްޓު އާއްމު ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ 17 ވަނަ ދުވަހުު ކުރުނބާ މޯލްޑިވްސްގައި ބާއްވާ ގޯލްޑް 100 ގާލާ އިވެންޓުގަ އެވެ.
ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރު ކުލްދީޕް ޕަލިވާލް ވިދާޅުވީ އެ އިވެންޓު ސްޕޮންސާ ކުރީ ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.
"ބޭންކުން މި ދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރަމުން. މި ގޮތުން މި އިވެންޓްގައި ބައިވެރިވުމުގެ މި ފުރުސަތު ބޭންކުން ބޭނުން މިކުރަނީ ރާއްޖޭގެ ބިޒްނަސް ކޮމިއުނިޓީ އަށް އެހީތެރިވުމުގެ ގޮތުން. އަޅުގަނޑު ދެކޭގޮތުގައި ގޯލްޑް 100 މަޖައްލާއިން މިކަމުގައި ބައިވެރިވާ ކުންފުނިތަކުގެ ޕްރޮފައިލް، ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އެ މަޖައްލާގައި ޝާޢިއު ކުރެވިގެންދާކަމީ އެ ކުންފުނިތަކަށް ލިބޭނެ ވަރަށް ރަނގަޅު ފައިދާއެއް،" ކުލްދީޕް ޕަލިވާލް ވިދާޅުވި އެވެ.
ވިޔަފާރި އާއި މާލީ ދާއިރާއާ ގުޅޭ ހަބަރު ގެނެސްދޭ އޮންލައިން މަޖައްލާ ކޯޕަރޭޓް މޯލްޑިވްސް މަޖައްލާ ޝާއިރު ކުރަމުންދަނީ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުންނެވެ.
ބީއެމްއެލްއިން ވަނީ މޯލްޑިވްސް ގެޓަވޭސް އާއެކު ބީއެމްއެލް ގެސްޓްހައުސަސް ކޮންފަރެންސް 2016 ގައިވެސް ބައިވެރިވެފަ އެވެ.
ބީއެމްއެލުން ބުނީ ވިޔަފާރިތަކުން ބޭނުންވާ މާލީ އެހީ އާއި ލަފާ ދިނުމާއެކު ވިޔަފާރިތަކަށް ދޭ އެހީތެރިކަން އެ ބޭންކުން އިތުރުކުރަމުންދާ ކަމަށެވެ.